ދަރުސް ޚަބަރު ޑރ. ޒާކިރު ނައިކު އިވެންޓްގެ ދަރުސްތާވަލް އިޢުލާންކޮށްފި

ޑރ. ޒާކިރު ނައިކު އިވެންޓްގެ ދަރުސްތާވަލް އިޢުލާންކޮށްފި

ޑރ. ޒާކިރު ނައިކު އިވެންޓްގެ ދަރުސްތާވަލް އިޢުލާންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް އިންޑިއާގެ އިސްލާމިކް ރިސަރޗް ފައުންޑޭޝަންގެ ރައިސް ޑރ. ޒާކިރު ޢަބުދުލް ކަރީމް ނައިކާއި އޭނާގެ އަނބިކަނބަލުން ފަރަހަތު ނައިކާއި، ދަރިކަލުން ފާރިޤް ނައިކް ދެއްވަން ހަމަޖެހިފައިވާ ދަރުސްތާވަލް އިޢުލާންކޮށްފިއެވެ.

ޑރ. ޒާކިރު ނައިކާއި އޭނާގެ އާއިލާ ވަޑައިގެން ދެއްވުމަށް ކަނޑައެޅިފައިވާ ލެކްޗަރތަކުގެ ތެރއިން މެއި  27 – 28 ދެއްވާ ލެކްޗަރ ތަކަކީ ޢާއްމުކޮށް އެންމެންނަށް ހުޅުވާލެވިގެން ބާއްވާ ދަރުސްތަކެކެވެ. ނަމަވެސް 26 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ޑރ. ޒާކިރު ނައިކްގެ އަނބިކަނބަލުން ފަރުޙަތު ނައިކް ދެއްވާ ދަރުސަކީ ހަމައެކަނި އަންހެން ބޭފުޅުންނަށް ޚާއްޞަކުރެވިފައިވާ ދަރުސްކެވެ. އަދި 27 މެއިގެ ހެނދުނު 10:00 ގައި ޑރ ޒާކިރުނައިކް ރާއްޖޭގައި ތިއްބެވި ސުކޯލަރުންނާއި ބައްދަލުކުރައްވާ ގޮތައް ވަނީ ހަމަޖެހިފައެވެ.

ތާރީހް: 26 މެއި 2010
ވަގުތު: 09.00 ރޭގަނޑު
ތަން: އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމް
ލެކްޗާރ ދެއްވަނީ: ފަރުޙަތުނައިކް
ނޯޓް: ހަމައެކަނި އަންހެން ބޭފުޅުންނަށް

ތާރީހް: 27  މެއި 2010
ވަގުތު: 10.00 ހެނދުނު
ތަން: އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމް
ލެކްޗާރ ދެއްވަނީ: ޑރ. ޒާކިރު ނައިކް
ނޯޓް: ހަމައެކަނި ޝެއިހުންނަށް

ތާރީހް: 27 މެއި 2010
ވަގުތު: 20.45 ރޭގަނޑު
ތަން: ކަޅުތުއްކަލާ ކޮށީގެ އިރުން ޖެހިގެން އޮންނަ  ކުޅޭ ސަރަޙައްދު
ލެކްޗާރ ދެއްވަނީ: ޑރ. ޒާކިރު ނައިކް އަދި ފާރީޤް ނައިކް
ނޯޓް: އާންމުކޮށް ހުޅުވާލެވިގެން

ތާރީހް: 28 މެއި 2010
ވަގުތު: 20.45 ރޭގަނޑު
ތަން: ކަޅުތުއްކަލާ ކޮށީގެ އިރުން ޖެހިގެން އޮންނަ  ކުޅޭ ސަރަޙައްދު
ލެކްޗާރ ދެއްވަނީ: ޑރ. ޒާކިރު ނައިކް
ނޯޓް: އާންމުކޮށް ހުޅުވާލެވިގެން

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.