ދިއިސްލާމް ދަނޑުވެރިކަން ކުރުމުގެ ނަމުގައި އަންނަ އިޒްރޭލުގެ ޔަހޫދީންނާމެދު ދިވެހި ރައްޔަތުން ސަމާލުވެ ތިބުމަށް ޑރ. މަޢުރޫފް އެދިވަޑައިގެންފި

ދަނޑުވެރިކަން ކުރުމުގެ ނަމުގައި އަންނަ އިޒްރޭލުގެ ޔަހޫދީންނާމެދު ދިވެހި ރައްޔަތުން ސަމާލުވެ ތިބުމަށް ޑރ. މަޢުރޫފް އެދިވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒަޔަނިސްޓް ޑޮކްޓަރުން ރާއްޖެއައުމާއި ދެކޮޅަށް ކުރިމުޒާހަރާއިގައި ޑރ.މައުރޫފް ވާހަކަ ދައްކަވަނީ. ފޮޓޯ: ހުސެއިން ސިނާން

ދަނޑުވެރިކަން ކުރުމުގެ ނަމުގައި އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ބަޔަކު މިމަހު 26 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ޙުސައިން ވިދާޅުވެއްޖެއެވެ.

ޑރ. މަޢުރޫފް ވިދާޅުވީ މި މީހުން  މިހާރު ގެންދިއުމަށް ހަމަޖެހިފައި އޮތީ ހއ.ފިއްލަދޫ އާއި ހއ.މާފަހި އަށް ކަމަށްވިޔަސް ރާއްޖޭގެ އިތުރު ރަށްތަކަށްވެސް މިމީހުން ގެންދިއުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ.   އަދި މި މީހުން ގެންދަން ބޭނުންވާކަމަށް އެދި ހުށައެޅުމަށްވެސް ރަށްރަށުުގެ ކައުންސިލްތަކަށް ސަރުކާރުން އަންގާފައިވާކަމަށާ އެއީ އެމީހުން އަރާ ރަށަކުން ރައްޔަތުން ނުކުމެ މުޒާހަރާކޮށްފިނަމަ އެކަމުން ސަރުކާރު ރެކެން ކަމަށް ވެސް ޑރ. މަޢްރޫފް ވިދާޅުވިއެވެ.

ޑރ. މަޢްރޫފް ވަނީ އިޒްރޭލުން މިއަންނަ މީހުންނާމެދު ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވެތިބުމަށާއި  ފަލަޞްޠީނުގެ މުސްލިމުންނަށް އަނިޔާކުރުމުގައި ހައްދުފަހަނަޅާފައިވާ އިޒްރޭލުގެ އެއްވެސް މީހަކު ރާއްޖޭގެ އެއްވެސް ރަށަކުން ބަލައިނުގަތުމަށް ގޮވާލައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.