ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ ދީނީ ޖަމްޢިއްޔާ ކަމުގައިވާ މުސްލިމުންގެ ގުޅުމުގެ މުއައްސިސް ޢަލީ އާދަމް މަނިކު (ސްމާޓް އަލިބެ) މިރޭ ނިޔާވެއްޖެއެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ޢަލީ އާދަމް ނިޔާވީ ބަލިވެއުޅުއްވުމަށް ފަހު ސްރީލަންކާގައި ފަރުވާ ދެމުންދަނިކޮށެވެ.
ޢަލީ އާދަމް އަކީ ދިވެހި އިސްލާމީ އުއްމަތަށް އަގުނުކުރެވޭވަރުގެ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ވަރަށް އަޚްލާޤު ރަނގަޅު ހެޔޮ ބޭފުޅެކެވެ. އަދި ވަރުބަލިވުމެއްނެތި 27 އަހަރަށްވުރެ ގިނަދުވަސްވަންދެން ދިވެހި ރައްޔިތުންނަށް ދީނީ ރޮގުން ޚިދްމަތް ފޯރުކޮށްދިނުމުގައި ޖާނާއި މާލުން ގިނަގުނަ ޤުރުބާނީތަކެއް ވެފައިވާ ބޮޑު ޝަޚްޞިއްޔަތެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...