ރާއްޖޭގެ ޚަބަރު ޑރ. ޒާކިރުނައިކު ރާއްޖެވަޑައިގެންފި

ޑރ. ޒާކިރުނައިކު ރާއްޖެވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގެ ދަޢުވަތަކަށް އިސްލާމިކް ރިސަރޗް ފައުންޑޭޝަންގެ ރައިސް ޑރ. ޒާކިރު ޢަބުދުލް ކަރީމް ނައިކް ރާއްޖެވަޑައިގެންފިއެވެ.

މިއަދު 12:30ގައި ޒާކިރުނައިކް ރާއްޖެވަޑައިގަތުމުން، މާލޭ އިންޓަނޭޝަނަލް އެއަރ ޕޯޓުން މަރުޚަބާ ވިދާޅުވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ ޢަބުދުލް މަޖީދު ޢަބުދުލް ބާރީއާއި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމްއާއި ދިވެހިރާއްޖެގެ ފިޤުހުއެކަޑަމީގެ މެންބަރުންނާއި ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންނެވެ.

މާލެ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީ.އައި.ޕީގައި މަޑުކޮށްލެއްވުމަށް ފަހު ޑރ. ޒާކިރުނައިކު ވަޑައިގެންނެވީ، ބޮޑުހިތި ފަރު ރީތި ރިޒޯޓަށެވެ.

ޒާކިރު ނައިކުގެ އަރިހުގައި އަނބިކަނބަލުން ފަރުހަތު ނައިކާއި، ދަރިކަލުން ފާރީޤް ނައިކެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.