ދިއިސްލާމް އީމެއިލްއާ ބެހޭ އާންމު މަޢުލޫމާތުކޮޅެއް

އީމެއިލްއާ ބެހޭ އާންމު މަޢުލޫމާތުކޮޅެއް

އީމެއިލްއާ ބެހޭ އާންމު މަޢުލޫމާތުކޮޅެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އީމެއިލް އަކީ އިލެކްރޯނިކް މެއިލް އެވެ. އީމެއިލް އަބަދުވެސް ފޮނުވާނީ ކޮންމެވެސް ހާއްސަ ބަޔަކަށް ނޫނީ ހާއްސަ މީހަކަށެވެ. ވިޔަފާރި ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން ނުވަތަ އަމިއްލަ ބޭނުމައްވެސް އީމެއިލް އަންނަނީ ބޭނުން ކުރަމުންނެވެ. އެއީ ފަސޭހަ އަވަސް ޚިދުމަތަކަށް ވާތީއެވެ. ހިލޭ މެއިލް ހިދުމަތް ދޭފަރާތްތަކުގެ ތެރޭގައި ޖީމެއިލް، އޭ އައި އެމް، ހޮޓްމެއިލް، މައިކްރޯސޯފްޓް ލައިވް، ޔަހޫ މެއިލް، ހިމެނެއެވެ.

އީމެއިލް ބްރައުޒަރ އިން ލޮގް އިން ނުވެ، އީމެއިލް އެޕްލިކޭޝަން އަޅައިގެންވެސް ބޭނުން ކުރެވިދާނެއެވެ. އެގޮތުން މައިކްރޮސޮފްޓްގެ އައުޓްލުކް ވެސް ބޭނުން ކުރެވިދާނެއެވެ. އެހެނަސް އެއީ ހިލޭލިބެންހުރި އެޕްލިކޭޝަނެއެއްނޫނެވެ. މިކަމަށް ގާބިލް ހިލޭ ލިބޭ އެޕްލިކޭޝަން ބޭނުން ކުރުމަކީ އެންމެ ބުއްދިވެރިގޮތެވެ. އެގޮތުން މޮޒިއްލާ ތަންޑަރ ބާރޑް ބޭނުން ކުރެވިދާނެއެވެ. މައިކްރޮސޮފްޓް މެއިލް ސަރވިސް އަކީވެސް ހިލޭލިބޭ އެޕްލިކޭޝަން އެކެވެ. އޮޕޭރާ ބްރައުޒަރ މެދުވެރިކޮށް އީމެއިލް ސާރވިސް ބޭނުން ކުރެވިދާނެއެވެ.

 ގިނަ މީހުންނަށް އީމެއިލް ފޮނުވަން ބޭނުންނަމަ ވަކިވަކިން ކޮންމެ މީހަކަށް މެއިލްއެއް ފޮނުވާކަށް ނުޖެހޭނެއެވެ. އީމެއިލް ފޮނުވާއިރު ގިނަމީހުން އީމެއިލްގެ ވަރަށް މުހިންމު ދެބައި ހަނދާން ނައްތާލައެވެ. އެއީ :Cc އާއި Bcc:އެވެ. އީމެއިލް ފޮނުވާ އުޅޭނަމަ އީމެއިލް ޕްރޮގްރާމްތަކުން ނުވަތަ އީމެއިލް އައިޑީއަށް ލޮގިންވާއިރު މިއަކުރުތަށް ހުންނާނީ ފެނިފައެވެ. މިފަހަރު :Cc އަށް ކުޑަ ނަޒަރެއް ހިންގާލާނަމެވެ.

ސީސީގެ ފުރިހަމަ ގޮތަކީ "ކާރބަން ކޮޕީ" އެވެ. ސީސީ ބޭނުން ކުރަނީ ކިޔަން ފަސޭހައަކަށް އަދި ކޯޑް ނޭމް އަކަށެވެ. ސީސީ ކުރަން ޖެހެނީ އީމެއިލް މެދުވެރިކޮން ދެކެވޭ ވާހަކައެއްގައި އެހެންބަޔެއްގެ މަސްލަހަތު އޮންނަ ވާހަކައެއް ހިމެނޭ ނަމަ އެބަޔަކަށް އީމެއިލް ޒަރިއްޔާއިން ދެކެވޭ ވާހަކަ އަންގާލުމަށެވެ. ސީސީކުރާއިރުވެސް އީމެއިލް ރައްދުވާނީ To: މިތަނުގައި އީމެއިލް އައިޑީ ޖަހާފަރާތަށެވެ. އެއިގެ ކޮޕީއެއް ސީސީ ކުރާފަރާތްތަކަށް ލިބޭނެއެވެ. ކިތަންމެ ގިނަފަރާތްތަކަށްވެސް ސީސީ ކުރެވިދާނެއެވެ. އީމެއިލް އަލުން ލިއުމުގެ ބަދަލުގައި ނުވަތަ އަލުން ފޯރވާރޑް ކުރުމުގެ ބަދަލުގައި ސީސީ ކޮއްލެވިދާނެއެވެ. އީމެއިލްއަށް ރިޕްލައި ކުރާފަރާތުން ރޕްލައި އޯލް އަށް ޖަހާލުމުން ސީސީކޮއްފައިވާ ފަރާތްތަކަށް ވެސް އީމެއިލް ކޮއްލެވޭނެއެވެ. މިހެން ކަމުން ތިމާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ވާނުވާ ވަރަށް ކައިރިން ބަލާލެވޭނެއެވެ.

އީމެއިލް ފޮނުވާއިރު އަބަދުވެސް އީމެއިލް އެންމެ ޕްރޮފްޝަނަލްކޮން ޑިޒައިން ކުރަންޖެހެއެވެ. އީމެއިލް ލިޔަން ފަށާއިރު ރީތި ބަހުރުވައިން ވެދުން ސަލާން ކިޔަން ޖެހެއެވެ. ލޭއައުޓާއި ކިޔަން ފަސޭހަވާނެގޮތަށް ބަސްތަށް އަތުރާލަންޖެހެއެވެ. އެއްވެސް އެއްޗެ އެޓޭޗް ކޮއްފައިވާނަމަ އެވާހަކަ ހިމަނާލުން ބުއްދިވެރިއެވެ. ނިންމާލަމުންވެސް ރީތި ބަހަކުން މުހާތަބު ކުރަންޖެއެވެ.

 އީމެއިލްގައި ސިގްނޭޗަރ ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އެއީ ކަސްޓަމަރުންނަށް ނުވަތަ އެހެނިހެން ކަމަކުވެސް އިސްތިހާރު ކުރެވިދާނެ ގޮތެކެވެ. ނުވަތަ އެބަޔަކާއި ގުޅުން ބަދަހި ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާއެއްޗެކެވެ. ވެބް ބްރައުޒަރގައި ވެސް ސިގްނޭޗަރ ހެދޭނެއެވެ. އަދި އެޕްލިކޭޝަން ތަކަށް ވެސް ހެދޭނެއެވެ. ފޯނަކުން އީމެއިލް ކުރާނަމަ ފޯނުގައިވެސް ސިގްނޭޗަރ ހެދި ދާނެއެވެ.

އެންމެ ފަހުކަމަކަށް ސެންޑް ބަޓަން އަށް ފިތާލުމުގެކުރިން ލިޔެފައިވާއެއްޗެއް ރަނގަޅަށް ކިޔާލުމަށްފަހު ހެދިފައިހުރި ގޯސްތަށް އިސްލާހުކޮއްލުމަށް ފަހު ފޮނުވަން އުޅޭ ފަރާތްތަށް ކަށަވަރު ކުރަންޖެހެއެވެ. ނުބައިފަރާތްތަކަށް އީމެއިލް ފޮނުވުމަކީ އާންމު ކަމެކެވެ. އެހެން ކަމުން މިކަމަށް ވަރަށް ފަރުވާތެރިވާންޖެހެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.