އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެފްއެމް) އިން ހިންގާ ރުޤްޔާ ކޯސް ރޭ ފަށައިފިއެވެ.
މިކޯހުގެ ފެށުމުގެ ޖަލްސާ ބާއްވާފައި ވަނީ ރޭ 20:30 ހާއިރު ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައެވެ. އައިއެފްއެމް އިން ހާމަކުރާ ގޮތުގައި އެއް މަސްދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގައި 60 މީހުން ބައިވެރިވެފައި ވެއެވެ. ހުއްދަ ފަންޑިތަ ދަސްކޮށްދޭ މި ކޯހުގައި ކިޔަވާ ދެއްވަނީ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު، ޑރ މުޙައްމަދު މިޝްވާރު، މުޙައްމަދު މަޒީދު، އަޖުނާދު ޢަލީ، އަޙްމަދު ފައިޞަލް އަދި އަޙްމަދު ޞަބާޙް އެވެ.
މިކޯހުގެ އޮބްޒާވަރުންގެ ގޮތުގައި އައްޝައިޚް އަބުބަކުރު އިބްރާހީމް، އައްޝައިޚް އިބްރާހީމް ޢަލީ، ޑރ.އަބްދުއްސައްތާރު އަބްދުއްރަހްމާން، އައްޝައިޚް އަބްދުލްއަޒީޒް ޙުސައިން އަދި އައްޝައިޚް އިލްޔާސް ޖަމާލް ހަރަކާތްތެރިވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރުޤްޔާ އަކީ ޤުރުއާނާއި ސުންނަތުގެ އަލީގައި ހުއްދަ ގޮތުގައި،ފަރުވާދިނުމަށް ހެދޭ ފަންޑިތަ އެވެ. މިކޯހުގައި ތިއަރީ ބައިގެ އިތުރުން ޕްރެކްޓިކަލް ބައިވެސް ކިޔަވާދެވޭނެ ކަމަށާއި އެގޮތުން މައްސަލަތައް ދިމާވެފައިވާ ފަރާތްތަކަށް ކޯހުގެ ތެރޭގައި ފަރުވާކުރުމަށް ހަމަޖެހިފައިވާ ކަމަށް އައިއެފްއެމް އިން ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...