ދިއިސްލާމް ދިއިސްލާމް މަޖައްލާގެ ވެބްޕޭޖް ވުޖޫދަށް އަތުވެއްޖެ

ދިއިސްލާމް މަޖައްލާގެ ވެބްޕޭޖް ވުޖޫދަށް އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިއިސްލާމް މަޖައްލާގެ ވެބްޕޭޖް ވުޖޫދަށް އަތުވެއްޖެއެވެ.

ދިއިސްލާމްގެ ވެބްމާސްޓަރުން ހާމަކުރައްވާ ގޮތުގައި "ދިއިސްލާމް މަޖައްލާގެ ޕޭޖެއް ހަދާފައިވަނީ މަޖައްލާގެ އަދަދުތައް އޮންލައިންކޮށް ކިޔާލުމަށް ފަސޭހަގޮތް ކިޔުންތެރިންނަށް ހޯދައިދުނުމުގެ މަޤްސަދުގައި" ކަމަށެވެ. އަދި "ކިޔުންތެރިންނަށް އެންމެފަހުގެ އަދަދުތަކުގެ މައުލޫމާތު ހިއްސާ ކުރުމާއި މަޖައްލާގެ ކަވަރުތައް ބަލާލެވުމުގެ އިތުރުން މަޖައްލާގެ އެހެނިހެން މައުލޫމާތު ގެނެސްދިނުމުގެ ބޭނުމުގައި." ކަމަށެވެ.

ދިއިސްލާމް މަޖައްލާގެ ވެބްސައިޓްއިން މަޖައްލާގެ އެޑިޓޯރިއަލް އާއި ލިޔުންތެރިންގެ ނަންތައް ބަލާލެވޭނެއެވެ. އިންޝާﷲ މުސްތަޤުބަލުގައި ވެބްސައިޓް މެދުވެރިކޮށް ދިއިސްލާމް މަޖައްލާގެ ވެބްސައިޓް ލިބެން ހުންނާނެތަންތަނުގެ މައުލޫމާތުވެސް ޗާޓުން ބަލާލެވޭނެއެވެ. އަދި މީގެ އިތުރުން މަޖައްލާއަށް އެހީތެރިވެދޭ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތުވެސް އާންމު ކުރެވޭނެއެވެ. މިހާރުވެސް ދިއިސްލާމް މަޖައްލާގެ ވެބްޕޭޖްއިން އެންމެ ފުރަތަމަ ނެރު މަޖައްލާ އެކީގައި ފަސޭހަ ކަމާއި އެކު ކިޔާލެވޭނެއެވެ. އަދި އޭގެ ފަހުން ނެރެވުނު 3 މަޖައްލާގައި ހިމެނޭނެ ބައިތައް ބަޔާންކޮށްފައިވާނެއެވެ.

ދިއިސްލާމް މަޖައްލާ އަކީ 7 އޭޕްރީލް 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރޭގޮތަށް ހަމަޖެފައިވާ މަޖައްލާއެކެވެ. މި މަޖައްލާ އަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދި ކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ 1 ޖޫން 2011 ގައެވެ. މި މަޖައްލާގެ އަގަކީ 15 ރުފިޔާ އެވެ.

ދިއިސްލާމްގެ ވެބްމާސްޓާރ އަކީ އަބްދުﷲ ޝަފީއު އިހްސާން އެވެ.

ދިއިސްލާމް ވެބްޕޭޖްއަށް ޒިޔާރަތް ކުރައްވާ!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.