
މަސްޖިދުއް ޞުލްޠާން މުޙައްމަދު ބިން ޢަބްދުﷲ - މި މިސްކިތުގައި މރޭ ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ އައްޝައިޚް އިލްޔާސް ޙުސައިން
ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން ސެޕްޓެމްބަރ 16 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް ޢާއްމުކޮށްފިއެވެ.
މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- އިސްލާމީ މަރުކަޒް - އައްޝައިޚް އުޘްމާން ޢަބްދުﷲ (މައުޟޫއު: ދޮގުހެދުމާއި ދޮގުހެކި ދިނުމުގެ ނުބައިކަން)
2- މަސްޖިދުއް ޞުލްޠާން މުޙައްމަދު ބިން ޢަބްދުﷲ - އައްޝައިޚް އިލްޔާސް ޙުސައިން (މައުޟޫއު: ދޮގުހެދުމާއި ދޮގުހެކި ދިނުމުގެ ނުބައިކަން)
3- މަސްޖިދު ޖަލާލުއްދީން - އައްޝައިޚް މުޙައްމަދު ޠައްޔިބް (މައުޟޫއު: ދޮގުހެދުމާއި ދޮގުހެކި ދިނުމުގެ ނުބައިކަން)
4- މަސްޖިދުއް ނޫރު - އައްޝައިޚް ހައިސަމް މުޙައްމަދު (މައުޟޫއު: ވިޔަފާރީގައި މަކަރު ނުހެދުން)
5- މަސްޖިދު ޞަލާޙުއްދީން - އައްޝައިޚް ޢަޒުމަތު ޖަމީލް (މައުޟޫއު: ދޮގުހެދުމާއި ދޮގުހެކި ދިނުމުގެ ނުބައިކަން)
6- މަސްޖިދު މުޙައްމަދު ޤާސިމް ބިން އާލްޘާނީ (ހުޅުމާލެ) - އައްޝައިޚް ޙަސަން ތައުފީޤް ޢަބްދުއްރަޙްމާން (މައުޟޫއު: ރަމަޟާން މަހަށް ފަހު ހެޔޮކަމުގައި ދެމިހުރުން)
7- މަސްޖިދުލް އިޚްލާޞް (ވިލިމާލެ) - އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު (މައުޟޫއު: ނަމާދާއި ގުޅޭ ބައެއް މައްސަލަތައް)
މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދިލައްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...