ދިއިސްލާމް "ޙަލާލު ތަކެތިން ރިޒުޤު ހޯދުމުގެ މުހިއްމުކަން" މި މައުޟޫއަށް އެމްއައިބީގެ ޝަރުޢީ ބޯޑްގެ މެމްބަރ މުޙައްމަދު އިބްރާހީމްގެ ތަޤްރީރެއް މިރޭ

"ޙަލާލު ތަކެތިން ރިޒުޤު ހޯދުމުގެ މުހިއްމުކަން" މި މައުޟޫއަށް އެމްއައިބީގެ ޝަރުޢީ ބޯޑްގެ މެމްބަރ މުޙައްމަދު އިބްރާހީމްގެ ތަޤްރީރެއް މިރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް އިސްލާމިކް ބޭންކް - ދިއިސްލާމް ފައިލް ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޝަރުޢީ ބޯޑުގެ މެމްބަރެއް ކަމުގައިވާ ސްރީލަންކާގެ މުފްތީ މުޙައްމަދު އިބްރާހީމް މުޙައްމަދު ރިޒްވީގެ ވަރަށް ޚާއްސަ ތަޤްރީރެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވާ މި ތަޤްރީރު އޮންނާނީ މިރޭ 21:00 ގައި އިސްލާމީ މަރުކަޒް ޖަލްސާ ކުރާ މާލަމްގައެވެ. މި ތަޤްރީރުގެ މައުޟޫއަކީ "ޙަލާލު ތަކެތިން ރިޒުޤު ހޯދުމުގެ މުހިއްމުކަން" މިއެވެ.

މިދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަބޭފުޅުން ވަޑައިގެންދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެދިލައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.