"ޖިލްބާބް" ގެ އައު ފިހާރަ އެއް މާލޭގައި ހުޅުވައިފިއެވެ.
'ޖިލްބާބް ފޮތި' މިނަމުގައި އާ ފިހާރައެއް ހުޅުވާފައިވަނީ މުރަނގަ މަގު، މާފަންނު ޖިލްބާބު ކުރިމަތި (ބީޖީ ކައިރި) ގައެވެ. މިފިހާރަ ހުޅުއްވައިދެއްވީ އައްޝެއިހް އިބްރާހިމް ފަރީދު އަހްމަދު އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި މިފިހާރައަކީ ޖިލްބާބްގެ އެހެން ފިހާރަތަކަށްވުރެ ބޮޑު ފިހާރައެކެވެ.
ޖިލްބާބް ފިހާރައިން ހާމަކުރެއްވި ގޮތުގައި އެފިހާރަ ކުރިއަށް ގެންދިއުމަށްޓަކައި ކަސްޓަމަރުންގެ ޚިޔާލު ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. "އަޅުގަނޑުމެން ބޭނުންވޭ ކަސްޓަމަރުންގެ ޚިޔާލު. ދެން ކޮން އެއްޗެއްތޯ މިފިހާރައިން ބޭނުންވަނީ. ކަސްޓަމަރުންގެ ބޭނުންތަކަށް ޖިލްބާބްއިން މަރުހަބާ ކިޔާނެ." ޖިލްބާބްގެ އިސްވެރިއަކު ދިއިސްލާމްއަށް ހާމަކުރެއްވިއެވެ. ޖިލްބާބް އިން އިތުރަށް ހާމަކުރެއްވި ގޮތުގައި، "ޖިލްބާބްގެ ފިހާރަތަކަށް މިދަނީ ބޮޑެތި ފިހާރަތަކަށް ބަދަލުކުރަމުން. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ޖިލްބާބްގެ 3 ފިހާރައެއް ބޮޑު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." ކަމަށެވެ.
ޖިލްބާބް އަކީ އަންހެނުންނަށް ހާއްސަ ފިހާރައެއްކަމަށް މަޝްހޫރުވެފައިވީނަމަވެސް ޖިލްބާބް ފިހާރައިން ފިރިހެން ބޭފުޅުންނަށް ހާއްސަ ސާމާނުވެސް ލިބެން ހުންނާނެކަމަށް ޖިލްބާބްއިން ހާމަކުރައްވައެވެ. "ޖިލްބާބް ފިހާރައިން އަންހެން ބޭފުޅުންގެ ސާމާނުގެ އިތުރުން ފިރިހެނުންގެ ޖުއްބާ، އަތަރު، ފަގުޑި ލިބެން ހުންނާނެ. އަދި އިންޝާﷲ ވަރަށް އަވަހަށް ފިރިހެނުންގެ ޖުއްބާ ފޮތި ގެންނަން."ކަމަށެވެ. އަދި މީގެ އިތުރުން "މިފިހާރައިން އޮރިޖިނަލް ޖިލްބާބް ލިބެން ހުންނާނެ."އެވެ.
ޖިލްބާބް ގެ 9 ވަނަ ފިހާރަ މާލޭގައި ހުޅުވާފައިވާއިރު ޖިލްބާބްގެ ފިހާރަތަކަކީ ގިނަ ބަޔެއްގެ މެދުގައި މަޝްހޫރު ފިހާރައެކެވެ.
ޖިލްބާބްއަށް ޚިޔާލު ދެއްވުމަށް ގުއްވާނީ: 7713517



ކޮމެންޓް (0)
ލޯޑް ކުރަމުން...