ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ފިޝަރީޒް ސައިންސް ޕްރޮޖެކްޓްގެ ފީލްޑް ޓްރިޕެއްގައި ކ.ހުރާ އަށް ގޮސް މޫދަށް އެރި އުޅުމުގެތެރޭގައި ގެނބިގެން ނިޔާވި އެސްކޫލްގެ ޕްރިންސިޕަލާއި ދަރިވަރުންގެ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ހާދިޘާގައި ނިޔާވީ ސްކޫލުގެ ޕްރިންސިޕަލް ވ.ފެލިދޫ މޫނިމާގެ ޢަލީ ނާޒިމް އާއި 4 ދަރިވަރުން ކަމަށްވާ ގއ.ދއްވަދޫ މީނާޒް، ނިޝްއަތު ސަޢީދު، ހއ.ހޯރަފުށީ ސުވާސާގެ (ގއ.އޮއިވާލި)، މަރްޔަމް ނާޒް، ރ.ރަސްމާދޫ ހަނދުވަރީވިލާ (މ.ފެއަރީވިލާ)، އައިޝަތު ޝާނިހާ އަދި މ.މޮއިޝާ، މަރްޔަމް ޝައިޚާ އެވެ. މި 4 ކުދިންނަކީ އެސްކޫލްގެ ގްރޭޑް 9 ގައި ކިޔަވާ ކުދިންނެވެ.
މީގެ ތެރެއިން 2 ކުއްޖެއްގެ ކަށުނަމާދު ކުރުން މިރޭ އިޝާ ނަމާދުގެ ފަހުން ނުބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އެ 2 ކުދިންގެ ޢާއިލާގެ މެމްބަރުން ޖަނާޒާގައި ބައިވެރިވުމަށް މާލެ އަށް އައުމަށް ހަމަޖެހިފައިވުމާއެކު ޖަނާޒާ ފަސްކުރުމަށް ޢާއިލާ އިން ވަނީ އެދިފައެވެ.
މިހާދިޘާ އާއި ގުޅިގެން މިހާރު ދަނީ ޤައުމީ ހިތާމަ ފާޅުކުރަމުންނެވެ. ސަރުކާރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ ނިޔާވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ކިޔަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...