ދިއިސްލާމް އުމްރާއިން އަންނަ މީހުންގެ ލަގެޖް އުފުލަން އެމްއެންޑީއެފްއިން އެހީވަނީ

އުމްރާއިން އަންނަ މީހުންގެ ލަގެޖް އުފުލަން އެމްއެންޑީއެފްއިން އެހީވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަމުންދާ މީހުންގެ ލަގެޖުތައް އުފުލައިދި ނުމުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ޕްރޮގްރާމްގައި، އުމުރާއިން އަންނަ މީހުންގެ ލަގެޖުތައް ކްލިއާ ކުރާ ހިސާބުން ފެށިގެން އެއާޕޯޓުން ނިކުމެވެންދެން އެމީހުންގެ ލަގެޖުތައް އުފުލައިދިނުމުގައި ދިވެހި ސިފައިން  ހަރަކާތްތެރިވަމުންދަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހުޅުލޭގައި ގާއިމްވެތިބި، މެރިން ޑިޕްލޯއީމަންޓް ޔުނިޓްގެ މެރީންސްގެ ހާއްސަ ބެލުމުގެ ދަށުން  ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މިޕްރޮގްރާމަކީ، ޢުމްރާއިން އަންނަ މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން ފަހަކަށްއައިސް ކޮންމެ އަހަރަކުވެސް ސިފައިން ހިންގަމުން އަންނަ ހަރަކާތެކެވެ.

މިގޮތުން މިދިޔައާދިއްތަ ދުވަހު 270 އަށްވުރެ ގިނަ އުމްރާނީންގެ ލަގެޖުތައް ސިފައިން އުފުލާދީފައިވާއިރު، ހޯމަދުވަހުގެ މެންދުރުގެ ނިޔަލަށް 330 އަށްވުރެ ގިނަ މީހުންނަށް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މިޕްރޮގްރާމް މިހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސިފައިން ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ،" އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
އެމްއެންޑީއެފް އަކީ މިފަދަ އިޖުތިމާއީ އެކި އެކި ކަންކަމުގައި އެހިތެރިކަން ފޯރުކޮއްދެމުން އަންނަ ފަރާތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.