އަރަބިދުނިޔެ އިޒްރޭލުގެ ބަޔަކު ފަލަސްތީނު ދަނޑުބިންތަކުގައި ހުޅުޖަހައިފި

އިޒްރޭލުގެ ބަޔަކު ފަލަސްތީނު ދަނޑުބިންތަކުގައި ހުޅުޖަހައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިސްމާއިލް އަފްރާހް

އިޒްރޭލުގެ ބަޔަކު ފަލަސްތީނު ދަނޑުބިންތަކުގައި ހުޅުޖަހައިފި 'ސަފާ' ނިއުސް އެޖެންސީއިން ހާމަކޮށްފިއެވެ.

ހަބަރު ލިބޭގޮތުގައި އިޒްރޭލުގެ ބަޔަކު ފަލަސްތީނުގެ ރައްޔިތުންގެ ދަނޑުބިންތަކަށް ގެއްލުން ދީ 200 އަށްވުރެ ގިނަ މޭވާގަސްތައް ވަނީ އަންދާލާފައެވެ. ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިޒްރޭލުގެ ބަޔަކު ހިންގި މިނޭދެވޭ އަމަލުގެ ސަބަބުން ފަލަސްތީނުގެ ހިބްރޫންގެ ރައްޔިތުންނަށް ނުތަނަވަސްކަން ލިބިފައިވާކަމަށް ހަބަރުތަކުން ބުނެއެވެ.

މިހާތަނަށް އެނގިފައިވާގޮތުގައި ދަނޑުބިންތަކުގައި ހުޅުޖެހުމުގެ މިއަމަލު ހިންގާފައިވަނީ އިޒްރޭލުގެ ސިފައިންނާއި ގުޅިގެންނެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.