ދަރުސް ޚަބަރު މިއަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވާނީ ޝައިޚް ޙުސައިން ރަޝީދު އަދި ޑރ.ޢަބްދުﷲ ޝިހާމް

މިއަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވާނީ ޝައިޚް ޙުސައިން ރަޝީދު އަދި ޑރ.ޢަބްދުﷲ ޝިހާމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމްކޮށްގެން ބާއްވާ 1432 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެންމެ ފަހުގެ އިޙްޔާ ފޯރަމް މިރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި އޮންނާނެ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިރޭ 21:30 ގައި އޮންނަ މި ފޯރަމްގައި ވާހަކަފުޅުދައްކަވާނީ އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު އަދި ޑރ.ޢަބްދުﷲ ޝިހާމް ޙަސަން އެވެ. ޝައިޚް ޙުސައިން ރަޝީދު ވާހަކަފުޅުދައްކަވާނީ "ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ޤާއިމްކުރުން" މި މައުޟޫއަށެވެ. އަދި ޑރ.ޢަބްދުﷲ ޝިހާމް ވާހަކަފުޅުދައްކަވާނީ "ބައިނަލްއަޤްވާމީ ގުޅުންތައް" މި މައުޟޫއަށެވެ.

ފޯރަމްގެ ބައިވެރިންނަށް މައުޟޫއާއި ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ސުވާލުތަކަށް ޖަވާބު ދެއްވާ ޕެނަލްގައި ތިއްބަވާނީ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއި އ އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު އަދި ޑރ.ޢަބްދުﷲ ޝިހާމް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ފޯރަމް އެމްއެންބީސީ ވަން އަދި ރާއްޖެ ރޭޑިއޯ އިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް

އިހްޔާ ފޯރަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.