ރާއްޖޭގެ ޚަބަރު އެޑިޔުކޭޝަން މިނިސްޓަރ ޑރ. މުސްޠަފާ ލުޠުފީ ދިރިއުޅުއްވާ ގެކޮޅަށް އެއްވެ ޝުޢޫރު ފާޅުކޮށްފި

އެޑިޔުކޭޝަން މިނިސްޓަރ ޑރ. މުސްޠަފާ ލުޠުފީ ދިރިއުޅުއްވާ ގެކޮޅަށް އެއްވެ ޝުޢޫރު ފާޅުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ދިވެހި ރާއްޖޭގެ ތަޢުލީމީ މުގައްރަރުގައި ހިމެނޭ ދިއްވެއްސާއި އިސްލާމް، ސާނަވީ ދަރިވަރުންނަށް އިޚްތިޔާ މާއްދާއެއްގެ ގޮތުގައި ނިންމުމާއި ގުޅިގެން އެކަމާ ދެކޮޅަށް ޝުޢޫރު ފާޅުކުރުމަށްޓަކައިރޭގެ ގާތްގަނޑަަކަށް 15؛10 ހާއިރު ދީނަށް ލޯބިކުރާ ފަރާތްތަކުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. މުސްޠަފާ ލުޠުފީގެ ގެކޮޅަށް އެއެްވެ ޝުޢޫރު ފާޅުކޮށްފައިވެއެވެ.

ދީނާއި ދިވެހި ގައުމުގެ ދިފާޢުގައި ނިކުމެ ދީނަށްލޯބިކުރާ ފަރާތްތަކުންވަނީ އިސްލާމް ދީނާއި ދިވެހި ގައުމުގެ ޙައްޤުގައި ދިވެއްސާއި އިސްލާމް އިޙްތިޔާރީ މާއްދާޔަކަށް ހަދާފައިވާ ހެދުން ވަގުތުން ބަދަލުކުރުމަށް  ގޮވާލާފައެވެ. މިއެއްވުމުގައި ގާތްގަނޑަކަށް 300 އެއްހާ މީހުންވަނީ އެއްވެ ޝުޢޫރުފާޅުކޮށްފައެވެ. ރޭގެ މިއްެއްވުމުގައި ބައެއް ދީނީ ޢީލުމްވެރިންވެސް ވަނީ މިކަމުގައި އިސްކޮށް ޙަރަކާތްތެރިވެފައެވެ.

އަދި މިކަމާއިގުޅިގެން ޝުޢޫރު ފާޅުކުރުމަށް ބޭއްވޭ ސިލްޞިލާ އެއްވުންތަކުގައި  އެއްވުންތަކުގައި ރާއްޖޭގެ މަޝްހޫރު ގިނަ ޢިލުމުވެރިންވެސް ބައިވެރިވާނެކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. މިޝުޢޫރު ފާޅުކުރުމަށް ބޭއްވި އެއްވުމުގެ ފަހުން ފުލުހުންގެ ފުރިހަމަ ހިމާޔަތާއިއެކު ޑރ. މުސްޠަފާ ލުޠުފީ ގެއަށް ވަޑައިގެންނެވިތަން ވަނީ ދި-އިސްލާމްގެ ރިޕޯޓަރުްނަނަށް ފެނިފައެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.