ރާއްޖޭގެ ޚަބަރު އިސްލާމްދީނާއިމެދު ޝައްކު އުފައްދާ އަދި ދީނަށް ފުރައްސާރަވާކަހަލަ ވާހަކަތައް ދައްކާ ބަޔަކު ރާއްޖޭގައި އުޅެމުންދާކަން ފާހަގަކުރެވިފައިވޭ: ޑރ. މަޖީދު

އިސްލާމްދީނާއިމެދު ޝައްކު އުފައްދާ އަދި ދީނަށް ފުރައްސާރަވާކަހަލަ ވާހަކަތައް ދައްކާ ބަޔަކު ރާއްޖޭގައި އުޅެމުންދާކަން ފާހަގަކުރެވިފައިވޭ: ޑރ. މަޖީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ

އިސްލާމްދީނާއިމެދު ޝައްކު އުފައްދާ އަދި ދީނަށް ފުރައްސާރަވާކަހަލަ ވާހަކަތައް ދައްކާ ބަޔަކު ރާއްޖޭގައި އުޅެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިހެންވިދާޅުވީ އެންއެންބީސި ޚަބަރަށް މަޢުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މިފަރާތްތައް އުޅެމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާކަމަށާއި އެކަން ހުއްޓުވުމަށް މިނިސްޓްރީން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. މިކަން ހުއްޓުވުމަށް މިނިސްޓްރީން މަސައްކަތްކުރަނީ ދީނީ ހޭލުންތެރިކަން އިތުރުކޮށްގެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ޒުވާނުންގެ މެދުގައި ދީނާއިމެދު ހިޔާލުތަފާތުވުންތައް އުފެދިފައިވަނީ ބައެއް މީހުންގެ ހިތްތަކުގައި ދިނީ އަގީދާ ބަލިކަށި ކަމުން ކަނފާހަގަ ކުރެވޭކަމަށް ޑރ. މަޖީދު ވިދަޅުވިއެވެ.

ޑޮކްޓަރ މަޖީދު ވިދާޅުވީ ޚާއްޞަ ގޮތެއްގައި ދީނާއިމެދު ހިޔާލުތަފާތުވުންތައް އުފެދިފައިވަނީ ނުބައި މައުލޫމާތުތައް ލިބިގެންކަމަށާއި ވޭތުވެ ދިޔަ ދުވަސްތަކުގައި މިފަދަ ކަންތައްތައް ހުއްޓުވުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

ޓެގް

މަޖީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.