ރާއްޖޭގެ ޚަބަރު ކުޅިވަރުކުޅެން ދަތިވާނެ ކަމަށްބުނެ ޔޫތު މިނިސްޓްރީއިން ޑރ. ޒާކިރުގެ އިވެންޓްބޭއްވުމަށް ސްޓޭޑިއަމް ނުލިބޭނެކަމަށް އަންގައިފި

ކުޅިވަރުކުޅެން ދަތިވާނެ ކަމަށްބުނެ ޔޫތު މިނިސްޓްރީއިން ޑރ. ޒާކިރުގެ އިވެންޓްބޭއްވުމަށް ސްޓޭޑިއަމް ނުލިބޭނެކަމަށް އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ކުޅިވަރުކުޅޭ ޒުވާނުންނަށް ދަތިވާނެކަމަށް ބުނެ  ޑރ. ޒާކިރު ނައިކުގެ އިވެންޓްބޭއްވުމަށް މާފަންނު ސްޓޭޑިއަމް ނުލިބޭނެކަމަށް ޔޫތު މިނިސްޓްރީއިން އިސްލާމިކް މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ.
ޔޫތު މިނިސްޓްރީއިން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން އެދިފައި އޮތީ ޓާފް ދަނޑާއި ޖެހިގެންއޮންނަ ފުޓް ބޯޅަ ދެދަނޑުކަމަށާއި ނަމަވެސް އެތަން ދެވެން ނެތްކަމަށެވެ.  އެތަންދެވެންނެތް ސަބަބެއްކަމަށް ރަޝީދު ވިދާޅުވަނީ  'ކުޅިވަރު ކުޅެންބޭނުންވާ މީހުންނަށް ކޮންމެ ވަގުތެއްގައިވެސް ހުޅުވިފައިތަނަކީ  އެއީކަމަށާއި އެތަން ހަފުތާޔަކަށް ބުލޮކު ކުރުމުން ކުޅިވަރު ކުޅޭ ޒުވާނުންނަށް ވަރަށްބޮޑަށް ދަތިވާނެ' ކަމަށެވެ.
މިއަދު އިސްލާމިކް މިނިސްޓަރ ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ ވަނީ މިކަން ހައްލުކުރެއްވުމަށް އަމިއްލަފުޅަށް ޔޫތު މިނިސްޓްރީއަށް ވަޑައިގެންފައެވެ. ނަމަވެސް ޔޫތު މިނިސްޓަރ ޙަސަންލަޠީފު  'ވަރަށް މާފާއެކު އެތަން ދެވެންނެތް'ކަމަށްވަނީ ވިދާޅުވެފައެވެ.
ޔޫތު މިނިސްޓްރީއިން މިއަދު އިސްލާމިކް މިނިސްޓްރީއަށް މިގޮތަށް އަންގާފައިވަނީ، އިސްލާމިކް މިނިސްޓްރީއިން ސްޓޭޑިޔަމްއަށް ޙާއްސަކޮށް އެތައް ހާސް އިސްތިހާރެއް ޗާޕްކޮށްފައި ވަނިކޮށެވެ.
ޔޫތު މިނިސްތްރީއިން ސްޓޭޑިއަމް ދެވެންނެތްކަމަށް އިސްލާމިކު މިނިސްޓްރީއަށް އަންގާފައިވާއިރު، ޔޫތު މިނިސްޓަރ ޙަސަން ލަޠީފްގެ އިސްނެންގެވުމުގެ މަތިންވަނީ އޭކޮން ޝޯ ގަލޮޅު ދަނޑުގައި ބޭއްވުމަށް  ހަމަޖައްސާފައެވެ.  އަދި ބޮނިއަމް ޝޯ ވަނީ ހަސަން ލަތީފުގެ ހާއްސަ ބެލުމުގެ ދަށުން ބާއްވާފައެވެ.

ޓެގް

ދަރުސް ވީޑިއޯ ސަރުކާރު ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.