ރާއްޖޭގެ ޚަބަރު ޑރ. ޒާކިރު ނައިކުގެ އިވެންޓަށް އިސްލާމިކު މިނިސްޓްރީއިން އެންމެ ފަހުގެ ތައްޔާރީތައް ވަމުންއެބަދޭ

ޑރ. ޒާކިރު ނައިކުގެ އިވެންޓަށް އިސްލާމިކު މިނިސްޓްރީއިން އެންމެ ފަހުގެ ތައްޔާރީތައް ވަމުންއެބަދޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

މިމަހު 25 ވަނަ ދުވަހު ދުނިޔޭގެ މަޝްހޫރު ދާޢީ އަދި އިސްލާމިކް ރިސަރޗް ފައުންޑޭޝަންގެ ރައިސް ޑރ. ޒާކިރުނައިކު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު އިސްލާމިކް މިނިސްޓްރީއިން އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން އެބަދެއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަޙްމަދުﷲ ޖަމީލް ދި-އިސްލާމަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވީ  މިއަދު މިއިވެންޓަށް އިސްތިހާރު ކުރަން ރަސްމީ ގޮތުން ފަށާނެކަމަށެވެ. އަޙްމަދުﷲ ވިދާޅުވީ މިހާރުވަނީ މޯލްޑިވުސް ނެޝަނަލް ބުރޮޑްކާސްޓް ކޯޕަރޭޝަން އާއިއެކު އެމް.އޯ.ޔޫއެއްގައި ސޮއިކުރެވިފައި ކަމަށާއި މިއެއްބަސް ވުމުގެ ދަށުން މިޚަރަކާތުގެ އެކުލޫސިވް އޯޑިޔޯ އަދި ވީޑިޔޯ  ރައިޓްސް ވަނީ އެމް.އެން.ބީސީ އަށް ދެވިފައި ކަމަށާއި، ނަމަވެސް އެމް.އެން.ބީ.ސީ މެދުވެރިކޮށް އެހެން ބުރަޑްކާސްޓަރުންނަށްވެސް މިއިވެންޓްގެ އޯޑިޔޯ  އާއި ވީޑިޔޯ ވެސް ފޮނުވޭނެކަމަށެވެ.

އަޙްމަދުﷲ އިތުރަށް ވިދާޅުވީ އެމް.އެން.ބީ.ސީއެކު ވެވުނު އެއްބަސް ވުމުގެ ދަށުން ހިލޭ އިސްތިހާރު ކުރެވޭނެކަމަށެވެ.

މިޚަރަކާތައް ވަމުންދާ ތައްޔާރީތައް އިތުރަށް ތަފުޞީލް ކޮށްދެއްވަމުން އަޙްމަދުﷲ ވިދާޅުވީ މިހާރުވަނީ މިއިވެންޓް ބާއްވަން ހަމަޖެހިފައިވާ ތަނުގެ ޗާޓެއް ކުރެހިފައި ކަމަށާއި ނަމަވެސް އަދި ފައިނަލް ނުވާކަމަށެވެ. އެޗާޓްވެސް  ވީ އެންމެ އަވަހަކަށް ލޯންޗް ކުރެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަޙްމަދުﷲ ވިދާޅުވީ މިއިވެންޓް ކުރިއަށްދާ ވަގުތު ދިމާވެދާނެ ކުއްލި ޙާދިސާޔަކު ރައްކާތެރި ވުމުގެ ގޮތުން ފަސްޓައިޑް އަދި އެމްބިޔުލައިންސްގެ ޚިދުމަތާއި ފަޔަރަ ފައިޓްގެ ޚިދުމަތްވެސް ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއި ވާހަކަދައްކާފައިވާ ކަމަށެވެ.

މިއިވެންޓް ބާއްވަން ހަމަޖެހިފައިވާ ކުޅިވަރު އެކުވެނީގެ 1 ނަންބަރާއި 2 ނަންބަރުގައި 26 ހާސް މީހުންނަށް އެއްވެސް ދަތިކަމެއްނެތި އޮކެމެޑޭޓް ކުރެވޭނެކަމަށެވެ. ނަމަވެސް 26 ހާސް ގޮނޑި ލިބުން ވަރަށް ދަތިވާނެ ކަމަށެވެ.

މިއިވެންޓްގައި ޒާކިރު ނައިކު ދަރިކަލުން ފާރިޤްނައިކުގެ ދަރުސް ބާއްވަން ހަމަޖެހިފައިވަނީ ކޮންތަނެއްގައިތޯ އެއްސެވުމުން އަޙްމަދުﷲ ވިދާޅުވީ 27 ވަނަ ދުވަހުގެރޭ ފުރަތަމަ އައިޓަމެއްގެ ގޮތުގައި ފާރިޤު ނައިކުގެ 1 ގަޑިއިރުގެ ދަރުސް ކުރިއަށް ގެންދާނެކަމަށެވެ.

ދި-އިސްލާމްގެ ފަރާތުން މިއިވެންޓްގެ ހުރިހާ ޚަބަރާއި މަޢުލޫމާތެއް މިދަނީ ވަރަށް ފުޅާދާއިރާއެއްގައި ގެނެސްދެމުންނެވެ. މިއިވެންޓްގެ މަޢުލޫމާތުތައް ބަރާބަރަށް އަޕްޑޭޓް ވަމުންދާ ހަމައެކަނި މިޑީޔާއަކީ ދި-އިސްލާމް ޑެއިލީކަމުގައިވެސް ފާހަނގަކޮށްލަންޖެހެއެވެ.  މިއިވެންޓަށް އިސްލާމިކް މިނިސްޓްރީއިން ތައްޔާރުވާ ފެށުމާއި ހަމައިން ފެށިގެން އަދި ޑރ. ޒާކިރު ނައިކު ރާއްޖެވަޑައިގަންނަވުމާއި އަދި އިވެންޓް ނިންމަވާފައި ރާއްޖެއިން ފުރައިވަޑައިގަތުމާއި ހަމަޔަށް މިއިވެންޓްގެ ޚަބަރާއި މަޢުލޫމާތުތައް ދި-އިސްލާމްގެ ފަރާތުން ތިޔަ އެންމެހާ ބޭފުޅުންނާއި ހަމަޔަށް ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. އިންޝާ ﷲ...

ޓެގް

ސަރުކާރު ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.