ރާއްޖޭގެ ޚަބަރު "21 ވަނަ ޤަރުނުގެ އުފާވެރި އަންހެނާ" ގެ ނަމުގައި ސެމިނާއެއް ބާއްވައިފި

"21 ވަނަ ޤަރުނުގެ އުފާވެރި އަންހެނާ" ގެ ނަމުގައި ސެމިނާއެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

"21 ވަނަ ޤަރުނުގެ އުފާވެރި އަންހެނާ" ގެ ނަމުގައި ސެމިނާއެއް ބާއްވައިފިއެވެ.

ޖަމިއްޔަތުލް އަޚަވާތުން ބޭއްވި މިހާއްސަ މިސެމިނާ އަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާފައިވާ ސެމިނާއެއްކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ. ހަބަރު ލިބިފައިވާ ގޮތުގައި މިސެމިނާރ އަކީ ޖަމިއްޔަތުލް އަޚަވާތުގެ ފަރާތުން ބޭއްވި މިފަދަ ފުރަތަމަ ހަރަކާތެވެ.

އިއްޔެ ހެނދުނު 9 ކުން ހަވީރު 4 ކަށް ސްޓެލްކޯ ސެމިނާރ ރޫމުގައި ބޭއްވި މިސެމިނާރ ފެށިފައިވަނީ ހާއްސަ ޖަލްސާއަކުންނެވެ. ޖަލްސާއަށްފަހު ޕެނަލް ޑިސްކަށަން އަކާއި ހެނދުނާއި މެންދުރު ދެޝެއިހެއްގެ ދަރުސް ކުރިއަށް ގެންދިއައެވެ. ޝެއިހް އަލީ ޒާހިރު އާއި ޝެއިހް ތޮއްޔިބު ދަރުސް ދެއްވާފައިވާއިރު ސެމިނާރގެ ޝަރަފްވެރި މެހެމާނު ޑރ އައިޝަތު އަލީ ނާޒުވެސް ވަނީ ސެމިނާރގެ ބައިވެރިންނާއި މުހާތަބު ކޮށް ވާހަކަ ދައްކަވާފައެވެ. އަދި އަލްއުސްތާޒާ އަނާރާ ނައީމް ވަނީ ސެމިނާރގެ ބައިވެރިން ހިމެނޭގޮތަށް ވަރަށް ފުރިހަމަ ޑިސްކަޝަނެއް ގެންދަވާފައެވެ.

ސެމިނާރގެ ބައިވެރިން ނިމުމުގެ ރަސްމިއްޔާތުގައި ހާމަކޮށްފައިވާ ގޮތުގައި 'މިފަދަ ސެމިނާރތަކުން ވަރަށް ފައިދާ ކުރިކަމަށާއި މިފަދަ ސެމިނާރތައް ގިނައިން ބޭއްވުމަށް އެދޭ'ކަމަށެވެ. އަދި ސެމިނާރ ގައި ބައިވެރިވި ބައިވެރިއަކު ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުން 'މިސެމިނާރގައި ބައިވެރިވެ މިތަނަށް އައިސް ސެމިނާރގެ ބައިވެރިން ފެނިފައިވާ ސެމިނާރ ހޯލް އަށް ނުވަންނަށް ހިތައް އެރިކަމަށާއި ސެމިނާރގައި ބައިވެރިނުވެ އެނބުރި ގެއަށް ދިއުމަށް ހިތައް އެރިކަމަށާއި އެހެނަސް ސެމިނާރ ނިމުމުން ސެމިނާރގައި ބައިވެރިވިކަމާއި މެދު އުފާކުރާ'ކަމަށެވެ.

ޖަމިއްޔަތުލް އަޚަވާތުން މިފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތްތާގައި ބޭއްވުމަށް މަސައްކަތްކުރާނެކަމަށް އެޖަމިއްޔާގެ ފަރާތުން އެޖަމިއްޔާގެ އަމީރާ، ފާތިމަތު ޝަރޯޒާ ހާމަކުރައްވައެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.