އަރަބިދުނިޔެ އިޒުރޭލުން ޖޭރޫސަލަމްގައި އިތުރު 12000 ގެ އެޅުމަށް ނިންމައިފި

އިޒުރޭލުން ޖޭރޫސަލަމްގައި އިތުރު 12000 ގެ އެޅުމަށް ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިސްމާއިލް އަފްރާހް

އިޒުރޭލުން ޖޭރޫސަލަމްގައި އިތުރު 12000 ގެ އެޅުމަށް ނިންމައިފިއެވެ.

އިޒްރޭލުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާގޮތުގައި ބޯހިޔާވަހިކަމުގެ މިބޮޑު މަޝްރޫއުގެ ދަށުން ފަލަސްތީނުގެ ބިމުގައި އިޒްރޭލުންގެ 40 ހާސް މީހުންނަށް ގެ އަޅައިދެވޭނެކަމަށާއި 741 އޭކަރުގެ ބިމެއް މިކަމަށް ބޭނުންކުރާނެކަމަށެވެ. ކަންމިހެން ހުރިކަމުގައިވިޔަސް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަދި އެމެރިކާގެ ރައީސް އޮބާމާ ވަނީ ފަލަސްތީނުގެ ސުލްހައިގެ ވާހަކަތަކުގައި ފަލަސްތީނުގެ ބޯޑަރު މައްސަލައާއި އާބާދުކުރުމުގެ މައްސަލައަށް އަލިއަޅުވާލުމަށް ނިންމާފައެވެ.

1967 ވަނަ އަހަރު އިޒްރޭލުން އީސްޓް ޖޭރުއްސަލަމް ހިފުމަށްފަހު  އެތަނުގައި 200،000 އަށްވުރެ ގިނަ އިޒްރޭލު މީހުންނަށްވަނީ ބޯހިޔާވަހިކަން ލިބޭނެގޮތް ހަމަޖައްސާފައެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.