ރާއްޖޭގެ ޚަބަރު ތަޢުލީމީ މަންހަޖު މައްސަލައިގައި ރައްޔިތުން ހޭލުންތެރި ކުރުމުގެ ކެމްޕެއިން ޢަދާލަތު ޕާޓީއިން ފަށައިފި

ތަޢުލީމީ މަންހަޖު މައްސަލައިގައި ރައްޔިތުން ހޭލުންތެރި ކުރުމުގެ ކެމްޕެއިން ޢަދާލަތު ޕާޓީއިން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ހިމެނޭ އިސްލާމް މާއްދާއާއި ދިވެހި މާއްދާ މަތީ ސާނަވީގެ ދަރިވަރުންނަށް އިޚްތިޔާރީ މާއްދާޔަކަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭށަނުން ނިންމާފައިވާތީ، އެކަމާދެކޮޅަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ކެމްޕެއިން ޢަދާލަތު ޕާޓީއިން ފަށައިފިއެވެ.

އިއްޔެ ހަވީރު ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލުގައި ބޭއްވި ޖަލްސާގައި މިކަމާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ ޢަދާލަތު ޕާޓީގެ ޢަމީން ޢާއްމު އައްޝައިޚް އިމްރާން އަބުދުﷲއެވެ. އައްޝައިޚް އިމްރާންﷲ ގެ ވާހަކަފުޅުގައި އަޅުގަނޑުމެންގެ ދަރީންގެ ހިތްތަކުން ދީނާއި ޤައުމަށް އޮންނަންޖެހޭ ލޯބި ފިލައިގޮސް ދީނަށް އަދި ޤައުމަށް އެއްވެސް ޙުރުމަތެއް ނުބަހައްޓާބަޔަކަށް އެދަރީން ވިޔަނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއްކޮށްދެއްވުމަށްވެސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ގޮވާލެއްވިއެވެ.

މިމައްސަލައިގައި ޢަދާލަތު ޕާޓީއިން މިދިޔަ ހަފުތާތެރޭގައި، އެޑިޔުކޭށަން މިނިސްޓަރ ޑރ. މުސްޠަފާ ލުޠުފީއާއި ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި  ފުންނޭވާއެއް ލެއްވުމަށްފަހު މި ނިންމުން ބަދަލެއް ނުކުރާނެކަމަށާއި މިކަމާ މައްސަލަޖައްސާ ބަޔަކަށް އުޅޭނީ ހަމަ އެކަނި ޢަދާލަތު ކަމަށް މުސްޠަފާ ލުޠުފީ ވިދާޅުވިކަމަށް ޢަދާލަތު ޕާޓީއިން މަޢުޟޫމާތުދެއެވެ.

މިމައްސަލައިގައި ޢަދާލަތު ޕާޓީއިންވަނީ މުޒާހަރާއާއި ހަމަޔަށް ދާންޖެހުނަސް ހުއްޓާނުލާނެކަމަށް ޢަދާލަތު ޕާޓީއިން ބުނެއެވެ.

ޓެގް

ދީން ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.