ރާއްޖޭގެ ޚަބަރު ޢަދާލަތު ޕާޓީގެ ފަރާތުން ހދ އަދި ނ އަތޮޅުގައި ދަރުސް ދިނުމަށް ފުރައިފި

ޢަދާލަތު ޕާޓީގެ ފަރާތުން ހދ އަދި ނ އަތޮޅުގައި ދަރުސް ދިނުމަށް ފުރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ޢަދާލަތު ޕާޓީއިން ދީނީގޮތުން ދިވެހި މުޖުތަމަޢު ހޭލުންތެރި ކުރުމުގެ ގޮތުން، ރާއްޖޭގެ އަތަޅުތަކަށް ކުރަމުންގެންދާ ސިލްޞިލާ ދަތުރުތަކުގެ ތެރެއިން، ހދ އަތޮޅަށާއި ނ އަތަޅުގައި ދަރުސްތަކެއް ދިނުމަށް އިއްޔެ ފުރައިފިއެވެ.

މިދަތުރުތަކުގައި ޚަރާކާތްތެރިވަމުންގެންދަވަނީ އައްޝައިޚް އިމްރާންﷲ އާއި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދެވެ. އަދި  އައްޝައިޚް އިލްޔާސް ޙުސައިންނެވެ.  މިއަދު އައްޝައިޚް އިމްރާން އަބުދުﷲ ހދ. ކުޅުދުއްފުށީގައި އިމާމުވެ ހުކުރުކުރެއްވިއިރު، އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ވަނީ ހދ. ހަނިމާދޫގައި އިމާމުވެ ހުކުރު ކުރައްވާފައެވެ.

މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި އައްޝައިޚް އިލްޔާސް ޙުސައިން ވަނީ، މިދަތުރުގައި ވަޑައިގަތުމަށްޓަކައި ފުރާވަޑައިގަންނަވާފައެވެ. މިދަތުރުގައި ހދ. އަތޮޅުން ހަނިމައިދޫ، ހދ. ކުޅުދުއްފުށި، ހދ. ވައިކަރަދޫ އަދި ހދ. މަކުނުދޫއަށް ދިއުމަށް ހަމަޖެހިފައިވެއެވެ. އަދި  ނ އަތޮޅަށް ކުރާދަތުރު ރޭވިފައިވަނީ ނ. ޅޮހީ، ނ. މާފަރު، ނ. މަނަދޫ އަދި ނ. ވެލިދޫއަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ޢަދާލަތު ޕާޓީއިން މަޢުލޫމާތު ދެއެވެ.

ޓެގް

ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.