މިރަމަޟާން މަހު ޢަދާތަލު ޕާޓީގެ ފަރާތުން ހުޅުވާލާފައިވާ ފޯނުން ދީނީ ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ޚިދުމަތަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމުގައި އެޕާޓީގެ ފަރާތުން ވަނީ މަޢުލޫމާތުލިބިފައެވެ.
ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު ދެއަކުން ތިނަކަށް، އަދި ރޭގަނޑު ދިހައަކުން އެގާރައަށް، ޕާޓީގެ ހިލޭ ގުޅޭ ނަމްބަރު 3342671 އަށް ގުޅުމުން، ދެ ޢިލްމުވެރިން ނުވަތަ ތިން ޢިލްމުވެރިން ހިމެނިވަޑައިގަންނަވާ ޕެނަލް އަކުން ވަގުތުން ޖަވާބު ދެއްވަމުން ގެންދަވާނެކަމުގައި ވެސް އެޕާޓީއިން ވަނީ ހާމަކޮށްފައެވެ.
މިކަމުގައި ޢާންމު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ތަރުޙީބާއި އެއްބާރުލެއްވުމަށް އެޕާޓީ އިން ފާހަގަކޮށް ޝުކުރުއަދާކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...