އަރަބިދުނިޔެ

މިދިޔަ ހުކުރުދުވަހު މަސްޖިދުލް އަޤްސާއަށް 170 ހާހެއްހާމީހުން ހުކުރު ނަމާދު ކުރުމަށް ޖަމާވެފައިވެ.

ލިޔުނީ: އައިޝާ މުނާ

ރަމަޞާން މަހުގެ ދެވަނަ ހުކުރު ދުވަހު ވަރަށް ގިނަ އަދަދެއްގެ ފަލަސްޡީން މުސްލިމުން ހުކުރު ނަމާދު ކުރުމަށް މަސްޖިދުލް އަޤްސާއަށް ޖަމާވެފައިވެއެވެ. އިސްރާއިލުގެ ސިފައިން ދިޔައީ އެމީހުންނަށް ކުރެވުނުހާ އުދަގުލެއް މުސްލިމުންނަށް ކުރަމުންނެވެ. ވެސްޓް ބޭންކުއިން ޖެރޫސަލަމްއަށް ނަމާދަށް އައި މީހުންނަށް ހުރަސް އަޅާ އެމީހުން ގެޔަށް ފޮނުވާލައި އަދި ބޭރުގައި ވާ ބައެއް ނަމާދުގެ ސަފުތައް ރޫޅާލާފައި ވެއެވެ.

ޢިސްރާއިލުގެ ރޭޑިޔޯތަކުން ޙަބަރު ފަތުރާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ޢިސްރާއިލުގެ ސިފައިން ދިޔައީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ޢިސްރާއިލުގެ ސިފައިން މުސްލިމުންގެ ތިން ވަނަ ޙަރަމްފުޅު ކަމަށްވާ މަސްޖިދުލްއަޤްސާގެ ވަށައިލާ އެތަނަށް ނުވަދޭގޮތަށް ބަންދުކުރަމުން ދިޔައެވެ. އިސްރާއިލު ސިފައިން ވަނީ ފަލަސްޡީނުގެ މުސްލިމުންގެ ތެރެއިން 50 އަހަރުން މަތީގެ މީހުންނަށް ޖެރޫސަލަމަށް ވަނުމަށް ހުއްދަދީފައެވެ.45 އަހަރުގެ މީހުންނަށް ވަދެވޭނީ  ޙާއްސަ ހުއްދަޔަކާއެކީ އެމީހުންގެ އަނބިދަރިން ގޮވައިގެންނެވެ. 30 އަހަރުން ދަށުގެ އަންހެނުންނަށް ޙާއްސަ ހުއްދައެށް ނެތި ޖެރޫސަލަމްއަށް ނުވަދެވޭގޮތް ހަދާފައެވެ.

ޔަހޫދީންގެ މިހުރިހާ އުދަގޫކުރުން ތަކަކާ އެކީ ވެސް މުސްލިމުންގެ 170 ހާސް މީހުން ވަނީ މަސްޖިދުލް އަޤްސާގައި ނަމާދުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *