އައްޑޫ ސިޓީ މަރަދޫގައި އައްޝައިޚް މުޙައްމަދު މޫސާގެ ދަރުސްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތުން "ވަޤުތު ފާއިތުވެ ނުދެއްވާ" މި ނަމުގައި ޝައިޚް ދެއްވާ ޚާއްސަ ދަރުސް އޮންނާނީ މިއަދު ހަވީރު 16:15 ގައި މަރަދޫ ޕާރކުގައެވެ. މިދަރުސް އިންތިޒާމް ކުރަނީ މަރަދޫ އަވަށަށް ނިސްބަތްވާ ހިޔައު ޖަމްޢިއްޔާގެ ފަރާތުންނެވެ. މި ޕްރޮގްރާމަކީ ހިޔައު ޖަމްޢިއްޔާގެ ފަރާތުން މި ރަމަޟާންމަހަށްޓަކައި ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.
މީގެ އިތުރުން ޝައިޚް މުޙައްމަދު މޫސާ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި މިރޭ 21:30 ގައި އައްޑޫ ކައުންސިލް އިދާރާ އިން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާންމަހުގެ އިހްޔާ ޖަލްސާތަކުގެ ތެރެއިން 2 ވަނަ ޖަލްސާގައި ބައިވެރިވެ ދަރުސް ދެއްވާނެއެވެ. މި ޖަލްސާގެ ބޭއްވުމަށް ހަމަޖެހިފައިވަނީ މަރަދޫ އަވަށުގެ އިރުޝާދިއްޔާ ސްކޫލުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...