ރާއްޖޭގެ ޚަބަރު 2009 ވަނަ އަހަރު ސަންއެފްއެމްގެ އެންމެ މަގްބޫލު ޕްރޮގްރާމްއަކަށް 'ޢިލްމީ ޚަޒާނާ' ހޮވިއްޖެ

2009 ވަނަ އަހަރު ސަންއެފްއެމްގެ އެންމެ މަގްބޫލު ޕްރޮގްރާމްއަކަށް 'ޢިލްމީ ޚަޒާނާ' ހޮވިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

2009 ވަނަ އަހަރު ސަންއެފްއެމްގެ އެންމެ މަގްބޫލު ޕްރޮގްރާމްއަކަށް 'ޢިލްމީ ޚަޒާނާ' ހޮވިއްޖެއެވެ.

ސަންއެފްއެމްގެ މުވައްޒަފުންގެ މެދުގައި އެންމެ މަގްބޫލު 5 ޕްރޮގްރާމްގެ ތެރެއިން 'ޢިލްމީ ޚަޒާނާ' ހޮވިފައިވަނީ ސަންއެފްއެމްގެ މުވައްޒަފުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ. ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ހުށައަޅައިދޭ މިޕްރޮގްރާމް އަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤްބޫލުކަމެއް ހޯދާފައިވާ ޕްރޮގްރާމްއެކެވެ. ޖަމިއްޔަތުއްސަލަފް އާއި ސަންއެފްއެމް ގުޅިގެން ހުށައަޅައިދޭ މިޕްރޮގްރާމް ރޭޑިއޯ އެޓޯލްއިން ވެސް ގެނެސްދެމުންދެއެވެ.

'ޢިލްމީ ޚަޒާނާ'ގެ ޕްރޮގްރާމްތަކަށް ލިބުނު މަޝްހޫރު ކަމާއި އެކު ސަންއެފްއެމްއިންވަނީ ޕްރޮގްރާމްތަށް ހިމެނޭގޮތަށް ސީޑީތަކެއްވެސް ނެފައެވެ. އަދި މީގެ އިތުރުން 'ރާއްޖެއިސްލާމް.ކޮމް' އާއި 'ދަރުސް.ކޮމް' ގައި ޢިލްމީ ޚަޒާނާގެ ޕްރޮގްރާމްތަކުގެ ރެކޯޑިންގތައް ވަނީ އަޕްލޯޑްކޮށްފައެވެ.

'ޢިލްމީ ޚަޒާނާ' ޕްރޮގްރާމްއާއި ވާދަކޮށްފައިވަނީ ސަންއެފްއެމް އިން ގެނެސްދޭ 'އާފެށުން' ، 'ބޮނޑިތާން' ، 'ކޮއްކޮމެންގެ ހަދިޔާ' އަދި 'ސަންއެފްއެމް ދިރާގު ފިނިބުރު' އެވެ.

ޓެގް

ސަލަފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.