ދަރުސް ޚަބަރު "ދެރަނުވާށެވެ.!" މިމަޢުލޫއަށް، ޢަދާލަތު ޕާޓީއިން ދަރުސްއެއް ބާއްވަނީ

"ދެރަނުވާށެވެ.!" މިމަޢުލޫއަށް، ޢަދާލަތު ޕާޓީއިން ދަރުސްއެއް ބާއްވަނީ

"ދެރަނުވާށެވެ.!" މިމަޢުލޫއަށް، ޢަދާލަތު ޕާޓީއިން ދަރުސްއެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ދެރަނުވާށެވެ.!" މިމަޢުލޫއަށް، ޢަދާލަތު ޕާޓީއިން އިންތިޒާމްކޮށްގެން ހުކުރުދުވަހުގެ ރޭ 8:45 ގައި އަލިމަސްކާނިވަލްގައި ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރެއެވެ.

މިދަރުސް ދެއްވާނީ ޢަދާލަތު ޕާޓީގެ ޢިލުމުވެރިންގެ މަޖިލީހުގެ ނައިބުރައިސް ފަލީލަތުއް ޝައިޚް އިލްޔާސް ޙުސައިންނެވެ. ޢަދާލަތު ޕާޓީއިންވަނީ އަލިމަސް ކާނިވަލުގެ ސްޓޭޖުގައި، މިއަހަރުގެ ޖެނުއަރީ 29 ގައި، 'ސުވަރުގެ އެދޭ މީހާއަށް' މިމަޢުލޫއަށް ޝޭއިޚް އިލްޔާސްގެ ވަރަށް ކާމިޔާބު ދަރުސެއް ބާއްވާފައެވެ.

މިދަރުސް އިންތިޒާމުކުރުމުގައި އުޅުއްވާ ވަރަށް އިސްފަރާތެއް ކަމުގައިވާ މުޙައްމަދު ސަޢީދު ދި-އިސްލާމަށް ދެއްވި ބަސްތީގަތުމެގައި ވިދާޅުވީ "މިހާތަނަށް ވެފައިހުރި ތައްޔާރީތަކަކީ ދަރުސައްކުރަންޖެހޭ ހުރިހާ އިންތިޒާމް ތަކެއް ހުރީ ކޮށް ނިމިފައި. ދެންހަމައެކަނި އޮތްކަމަކީ އެމަގަށް އެކަން ނުވެ އޮތުން. އެމަގަށް އެކަންވާނެ އިރާދަކުރެއްވިއްޔާ މިއަންނަ ހުކުރު ދުވަހުގެ ރޭ 8:45 ގައި އިންޝާﷲ" މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މިދަރުސް ޓީ.ވީއިން ލައިވުކުރަން ހަމަޖެހިފައިވޭތޯ ސުވާލުކުރެއްވުމުން މުޙައްމަދު ސަޢީދު ވިދާޅުވީ އެކަން އޮތީ އެމަގުން ކުރަން ހަމަޖެހިފައިކަމަށާއި، ލައިވްކުރަން ބޭނުންވާ ފައިސާވެސް މިހާރު ޓީ.ވީ މޯލްޑިއުސް އަށް ދައްކާފައިވާކަމަށް މުޙައްމަދު ސަޢީދުވިދާޅުވިއެވެ.
ވީހާވެސް ގިނަބަޔަކު، މިދަރުސް އަޑުއެހުމަށްޓަކައި ހުކުރުދުވަހުގެ ރޭ 8:45 އަލިމަސް ކާނިވަލަށް، ވަޑައިގަތުމަށް ޢަދާލަތު ޕާޓީއިން އެދިލައްވައެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.