ދަރުސް ޚަބަރު މިރޭ ބާއްވާ ދެވަނަ އިހްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވާނީ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި ޝައިޚް އަޙްމަދު ޢަބްދުލް ކަރީމް

މިރޭ ބާއްވާ ދެވަނަ އިހްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވާނީ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި ޝައިޚް އަޙްމަދު ޢަބްދުލް ކަރީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމްކޮށްގެން ބާއްވާ 1432 ވަނަ އަހަރުގެ ރަމަޟާން މަހުގެ ދެވަނަ އިހްޔާ ފޯރަމް މިރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި އޮންނާނެ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިރޭ 21:30 ގައި އޮންނަ މި ފޯރަމްގައި ވާހަކަފުޅުދައްކަވާނީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި އައްޝައިޚް އަޙްމަދު ޢަބްދުލް ކަރީމް އެވެ. މިރޭގެ މައުޟޫއަކީ "އިސްލާމްދީނުގައި އިންސާނީ ކަރާމާތް ރައްކާތެރިކުރެވިފައިވުން" މިއެވެ.

ފޯރަމްގެ ބައިވެރިންނަށް މައުޟޫއާއި ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ސުވާލުތަކަށް ޖަވާބު ދެއްވާ ޕެނަލްގައި ތިއްބަވާނީ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި އައްޝައިޚް އަޙްމަދު ޢަބްދުލް ކަރީމް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ފޯރަމް އެމްއެންބީސީ ވަން އިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް

އިހްޔާ ފޯރަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.