ދަރުސް ޚަބަރު މި ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި

މި ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

1432 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ފޯރަމް އޮންނާނީ މިރޭ 21:30 ގައެވެ. ފޯރަމްގައި ވާހަކަފުޅުދައްކަވާނީ އިސްލާމިކް އެފެއާޒް މިނިސްޓްރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ގެ އިތުރުން ތިމާވެށީގެ ރޮނގުން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ޑރ. މުޙައްމަދު ޢަލީ އެވެ. މިރޭގެ މައުޟޫއަކީ "ޤުރުއާނާއި މެދު ވިސްނުމުގެ ނަޒަރަކުން" އަދި "ބަޔޮލޮޖީގޮތުން ވެސް ﷲ ވޮޑިގެންވާކަން ހާމަވޭ" މިއެވެ.

ފޯރަމްގެ ބައިވެރިންނަށް މައުޟޫއާއި ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ސުވާލުތަކަށް ޖަވާބު ދެއްވާ ޕެނަލްގައި ތިއްބަވާނީ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއި ޑރ. މުޙައްމަދު ޢަލީ އަދި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ފޯރަމް އެމްއެންބީސީ ވަން އިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގް

އިހްޔާ ފޯރަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.