އަރަބިދުނިޔެ އިޒްރޭލުގެ ރަމަޟާން ހަދިޔާ

އިޒްރޭލުގެ ރަމަޟާން ހަދިޔާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : މުޙައްމަދު ވިޝާޙް

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އިޒްރޭލުގެ ޖަލުތަކުގައި ރަހީނު ކުރެވިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާ ކުރުމުގެ އާ ގޮތްތަކެއް ތައާރަފްކޮށްފިއެވެ. އަލަށް ތަޢާރަފްކުރި އަނިޔާކުރުމުގެ އައު ފަލްސަފާގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި ޔުނިވަރސިޓީ ފޮތްތައް ޖަލުތަކަށް ވެއްދުން މަނާ ކުރުމާއި، ރަމަޟާންމަހުގައި ކާބޯތަކެތި ނުބައި ވަގުތު ތަކުގައި ގެނެސް ދިނުމުގެ އިތުރުން ޖަލުގެ ސަރަހައްދުތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަކީ މަނާ ކަމެއްކަމުގައި ހަމަޖެއްސުން ހިމެނެއެވެ.

އިޒްރޭލުގެ ޖަލުތަކުގައި ހަނގުރާމައިގެ އަސީރުންގެ ގޮތުގައި 6000 ފަލަސްޠީނުގެ ރައްޔިތުން ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ގޮތުން ބަލާއިރު އިޒްރޭލުގެ އަނިޔާ ކުރުމުގެ މި އައު ފަލްސަފާއަކީ ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ޤަވައިދުތަކާ ޚިލާފު ކަމެކެވެ.

ވަރަށް ގިނަ ސިޔާސީ ވެރިން ހާމަ ކުރައްވާ ގޮތުގައި އިޒްރޭލުގެ މި ފިޔަވަޅަކީ ޙަމާސާއެކު ކުއްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަށް އެއްވެސް ކުރިއެރުމެއް ހޯދުމަށް އިޒްރޭލުން ނާކާމިޔާބު ވެފައިވާކަމުގެ ހެއްކެކެވެ. އަދި ނަތީޖާއެއްގެ ގޮތުން ސިޔާސީ ފައިދާ އެއް ހާސިލް ކުރުމަށްޓަކައި އެކަމުގެ ރުޅި ފަލަސްޠީނުގެ އަސީރުންނަށާއި އެބައިމީހުންގެ އާއިލާތަކަށް ބާލަނީ ކަމުގައިވެސް ސިޔާސީ މާހިރުން ވިދާޅުވެއެވެ.

މީގެ އިތުރުން އޮބްޒަރވަރުން ވިދާޅުވާ ގޮތުގައި މި ފަދަ އަނިޔާތައް ދެވެން މިފެށުނީ އެތައް ސަބަބު ތަކަކަށްޓަކައެވެ. އޭގެތެރެއިން މައިގަނޑު އެއް ސަބަބަކީ ފަލަސްޠީނުގެ ބިންތައް ޚިސާރުކުރަމުންދާ އިޒްރޭލު އަމުރުތަކަށް ކިޔަމަންތެރި ނުވެ ޖަލުތަކުގައި ހައްޔަރުވި މީސްތަކުންގެ ހިތްވަރު އެލުވާލުމެވެ.

މައުލޫމާތު : ޕްރެސްޓީވީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.