ރާއްޖޭގެ ޚަބަރު ޒާކިރު ނައިކުގެ އިވެންޓް ބާއްވަނީ މާލޭކުޅިވަރު އެކުވެނީގެ 2 ނަންބަރާއި 3 ނަންބަރު ދަނޑު ދެމެދުގައި އޮންނަތަނުގައި – އިސްލާމިކް އެފެއާރޒް

ޒާކިރު ނައިކުގެ އިވެންޓް ބާއްވަނީ މާލޭކުޅިވަރު އެކުވެނީގެ 2 ނަންބަރާއި 3 ނަންބަރު ދަނޑު ދެމެދުގައި އޮންނަތަނުގައި – އިސްލާމިކް އެފެއާރޒް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ޒާކިރު ނައިކުގެ މިއިވެންޓް ބާއްވަނީ މާލޭކުޅިވަރު އެކުވެނީގެ 2 ނަންބަރާއި 3 ނަންބަރު ދަނޑު ދެމެދުގައި އޮންނަތަނުގައި ކަމަށް އިސްލާމިކް އެފެއާރޒްއިން ދިއިސްލާމްއަށް ހާމަކުރައްވައިފިއެވެ.

އަޙްމަދުﷲ އިތުރަށް ވިދާޅުވީ ޑރ ޒާކިރު ނައިކުގެ އިތުރުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި، އަންހެންބޭފުޅުންނަށް ޚާއްސަކޮށްގެން، ޑރ. ޒާކިރުނައިކުގެ އަނބިކަނބަލުންގެ ލެކްޗަރއެއް ހަމަޖެހިފައިވާ ކަމަށެވެ. ޒާކިރުނައިކުގެ މިއިވެންޓް އިސްތިހާރު ކުރުމަށް ކުރައްވަމުން ގެންދަވަނީ ކޮންމަސައްކަތެއްތޯ އެއްސެވުމުން އަޙްމަދުﷲ ވިދާޅުވީ އެމް.ބީ.ސީއާއިއެކު އެއްބަސްވުމެއް ވެވިފައިވާ ކަމަށާއި، މިއެއްބަސްވުމުގެ ދަށުން ޓީވީ އާއި ރޭޑިޔޯ މެދުވެރިކޮށް އިސްތިހާރުކުރެވޭނެކަމަށާއި އަދި ޢާއްމުންނަށް ޕޯސްޓަރުތައް ބެހުމާއި، ޕޯސްޓަރުތައް ތަންތާންގައި ތަތްކުރެވޭނެކަމަށާއި އަދި ބެނަރތައްވެސް ހަރުކުރެވިގެން ދާނެކަމަށް އަހްމަދުﷲ ވިދާޅުވިއެވެ.

ޑރ ޒާކިރު ނައިކު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މޭ 25 ވަނަ ދުވަހުގައެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.