ދަރުސް ޚަބަރު ޖަމްޢިއްޔަތުއްސަލަފް އާއި މުސްލިމުންގެ ގުޅުމުގެ ފަރާތުން ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްރަށުގައި ދަރުސްތަކެއް ބޭއްވުމަށް ފުރައިފި

ޖަމްޢިއްޔަތުއްސަލަފް އާއި މުސްލިމުންގެ ގުޅުމުގެ ފަރާތުން ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްރަށުގައި ދަރުސްތަކެއް ބޭއްވުމަށް ފުރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިއްޔަތުއްސަލަފް އާއި މުސްލިމުންގެ ގުޅުމުން ހދ. އަދި ށ. އަތޮޅަށް ދަރުސް ދެއްވުމަށް ވަޑައިގެންންވި ޓީމް / ލިޔުނީ : ޙަސަން ޝިޔާޒް

ޖަމްޢިއްޔަތުއްސަލަފް އާއި މުސްލިމުންގެ ގުޅުމުގެ ފަރާތުން ހދ. އަދި ށ. އަތޮޅުގެ ބައެއް ރަށްރަށުގައި ދަރުސްތަކެއް ބޭއްވުމަށް މިއަދު ފުރައިފިއެވެ.

މި ދަތުރުގައި ދަރުސް ދެއްވާނީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އާއި އައްޝައިޚް ޢަލީ ޒާހިރުގެ އިތުރުން އައްޝައިޚް ނިމާލް މުޙައްމަދު އެވެ. އައްޝައިޚް ނިމާލް މުޙައްމަދު އަކީ ވަރަށް ފަހުން މަދީނާ އިސްލާމިކް ޔުނިވަރސިޓީ އިން ޝަރީޢާއިން ބީ.އޭ ނަންގަވއިގެން ރާއްޖެ ވަޑައިގެންނެވި ބޭފުޅެކެވެ.

ސަލަފްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިދަތުރުގައި މިއަދާއި މާދަމާ ތިބުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީގައެވެ. މިރޭ އެރަށުގައި ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކާއި ޝައިޚް ޢަލީ ޒާހިރުގެ ދަރުސެއް އޮންނާނެ ކަމަށާއި މާދަމާ ހދ. ހިރިމަރަދޫ އަދި ނޮޅިވަރަމްފަރުގައި ދަރުސް ދެއްވުމަށްޓަކައި އައްޝައިޚް ނިމާލް މުޙައްމަދު އެ ދެރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އޮފިޝަލް ވިދާޅުވީ މާދަމާ އައްޝައިޚް ސަމީރުގެ ދަރުސަކާއި އައްޝައިޚް ޢަލީ ޒާހިރުގެ ދަރުސެއް ބޭއްވުމަށް ރޭވިފައިވާ ކަމަށެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.