ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން މި މަހުގެ 27 ން 29 ށް ބާއްވަން ރޭވި "ހިޖްރަ ކޭމްޕް" ކެންސަލްކޮށްފިއެވެ.
އެޖަމްޢިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާޙް ވިދާޅުވި ގޮތުގައި މިކޭމްޕް ކެންސަލް ކުރެވުނީ މިދުވަސްވަރު މޫސުމް ރަނގަޅުނުވުމާއި އަދި ކޭމްޕް ބޭއްވުމަށް ކުރިން ހަމަޖެހުނު އދ. ތެލެވެލިގާ އައިލެންޑް ފަހުން ނުލިބޭ ގޮތްވުމުގެ ސަބަބުންނެވެ.
މިދިޔަ އަހަރު ޖަމްޢިއްޔަތުއްސަލަފުން ވަނީ "ހިޖްރަ ކޭމްޕް" ގެ ނަމުގައި ކޭމްޕެއް ބާއްވާފައެވެ. 54 ބައިވެރިންނާއެކު ވ.ތިނަދޫގައި ބޭއްވި އެކޭމްޕްގައި ބައިވެރިން ދީނީގޮތުން ހޭލުންތެރި ކުރެވިފައިވެއެވެ. އަދި ސާފުތާހިރުކަން ބަހައްޓަން ޖެހޭ ގޮތާއި ނަމާދުގެ އަސްލު ޙަރަކާތްތައް ބައިވެރިންނަށް ދަސްކޮށްދިނުމުގެ އިތުރުން ޕާސަނަލް ފިޓްނަސް ޓްރޭނިންގެ ޚާއްޞަ ވޯކްޝޮޕެއް ހިންގާފައިވެއެވެ. އަދި އިސްލާމްދީނުގައި ޞިއްޙީ ދުޅަހެޔޮކަން އެއީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އަންގާދެވިފައިވެއެވެ.
އެ ކޭމްޕްގެ ބައިވެރިން ބުނެފައިވާ ގޮތުގައި އެއީ ވަރަށް ކާމިޔާބު އަދި އެހާމެ ފައިދާ ކުރުވަނި ކޭމްޕެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...