ބަށިބޯލް ފައުންޑޭޝަން އޮފް ދި މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މިރޭ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެ ޖަމްޢިއްޔާގެ ރައީސާ ޝިޔާމާ އަޙްމަދު ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި މިދަރުސް އޮންނާނީ މިރޭ 21:00 ގައި އަމީނީ ބިލްޑިންގ ކުރިމަތީގައި އޮންނަ ހުސްބިމުގައެވެ. ދަރުސް ދެއްވާނީ އައްޝައިޚާ އަނާރާ ނަޢީމް އެވެ. މައިގަނޑު ގޮތެއްގައި ޝައިޚާ ދަރުސް ދެއްވާނީ ރަމަޟާން މަހަށް ތައްޔާރުވުމާއި ބެހޭ ގޮތުންނެވެ.
ޝިޔާމާ ވިދާޅުވި ގޮތުގައި މިދަރުސަކީ އެ ޖަމްޢިއްޔާގެ ފަރާތުން ބާއްވާ ދީނީ ހޭލުންތެރިކުރުމުގެ ފުރަތަމަ ޕްރޮގްރާމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ޤަސްދުކުރެވިފައިވާ ކަމަށް ޝިޔާމާ ވިދާޅުވިއެވެ.
ޢާއްމުކޮށް ދެޖިންސުގެ ބޭފުޅުންނަށް ހުޅުވާލެވިފައިވާ މިދަރުސް އަޑުއެހުމަށްޓަކައި ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް ބަށިބޯލް ފައުންޑޭޝަނުން ދަޢުވަތު އަރުވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...