ދަރުސް ޚަބަރު އެމްއެންބީސީ ވަން އާއި އިސްލާމިކް ފައުންޑޭޝަން ގުޅިގެން މި ރަމަޟާން މަހު ޚާއްޞަ ޕްރޮފްރާމެއް ފޮނުވަނީ

އެމްއެންބީސީ ވަން އާއި އިސްލާމިކް ފައުންޑޭޝަން ގުޅިގެން މި ރަމަޟާން މަހު ޚާއްޞަ ޕްރޮފްރާމެއް ފޮނުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލްހާފިޒް އިބްރާހީމް ރަޝީދު އަދި އައްޝައިޚް އަޙްމަދު ނިޒާމް "މަރުޚަބާ ރަމަޟާން" ގެ ޝޫޓިންގއެއްގައި / ލިޔުނީ : ޙަސަން ޝިޔާޒް

އެމްއެންބީސީ ވަން އާއި އިސްލާމިކް ފައުންޑޭޝަން އޮފް ދި މޯލްޑިވްސް (އައިއެފްއެމް) ގުޅިގެން މިއަންނަ ރަމަޟާން މަހު ޚާއްޞަ ޕްރޮފްރާމެއް ފޮނުވާ ގޮތަށް ހަމަޖައްސައިފިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އައިއެފްއެމްގެ ރައީސް އިބްރާހީމް ފައުޒީ ވިދާޅުވީ "މަރުޚަބާ ރަމަޟާން" މިނަމުގައި ގެނެސްދޭ ޕްރޮގްރާމަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ކަމަށެވެ. ރަމަޟާން މަހު ހަފްތާއަކު އެއްފަހަރު ފޮނުވާ މި ޕްރޮގްރާމްގައި 5 ސެގްމެންޓެއް ހިމެނޭ ކަމަށް ފައުޒީ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޝައިޚުން ދެއްވާ މަޢުލޫމާތުގެ އިތުރުން ރަޙްމަތްތެރިކަމުގެ މެސެޖަކާއި، ޤުރުއާނުގެ މުޢުޖިޒާތްތަކާ ބެހޭ ރިޕޯޓް "އިއުޖާޒުލް ޤުރުއާން" އަދި މަދަހައެއް ހިމެނެއެވެ.

މި ޕްރޮގްރާމް ހުށަހަޅާދެނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ އަލްހާފިޒް އިބްރާހީމް ރަޝީދު އެވެ. މަޢުލޫމާތު ދެއްވާ ދީނީ ޢިލްމުވެރިންނަކީ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު، އައްޝައިޚް ޢިއްޒައްދީން ޢަދުނާން އަދި އައްޝައިޚް އަޙްމަދު ނިޒާމް އެވެ.

މިޕްރޮގްރާމް ފޮނުވުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވެހެއްގެ ރޭ 23:30 ން 00:00 ށެވެ. އަދި ރިޕީޓް ހަފްތާގެ އިތުރު ދުވަހެއްގައި ފޮނުވުމަށް ހަމަޖެހިފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ބެލުންތެރިން ޝައުޤުވެރިވާގޮތަކަށް ސްޓޫޑިއޯ އިން ބޭރުގެ ރީތި މަންޒަރުތައް ހިމެނޭގޮތަށް އުފައްދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ޝޫޓިންގތައް ނަގަމުންދަނީ ޓޫރިސްޓް ހޮޓާތަކާއި ރިސޯޓްތަކުގައެވެ. ޝޫޓިންގތަކުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އަދި އެމްއެންބީސީ ވަން އިން މިހާރު ވަނީ މި ޕޮރްގްރާމްގެ އިޝްތިހާރު ދައްކަން ފަށާފައެވެ.

____________

ފޮޓޯ : އިސްލާމީނޫރު

ޓެގް

ޝައިޚް އިއްޒައްދީން އަދުނާން ޝައިޚް އިބްރާހީމް ފަރީދު ޝައިޚް އަޙްމަދު ނިޒާމް ރަމަޟާން އިސްލާމިކް ފައުންޑޭޝަން އެމް.އެން.ބީ.ސީ ވަން އައިއެފްއެމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.