ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމްގެ ޚާއްޞަ ދަރުސެއް ތ.މަޑިފުށީގައި އަދި ތ.ދިޔަމިގިލީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޑިފުށީގައި ދަރުސް އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އެރަށު މިސްކިތުގައެވެ. އަދި މިރޭ 20:45 ގައި ދިޔަމިގިލީ ސްކޫލްގެ ހޯލްގައި ދަރުސެއް އޮންނާނެވެ.
ޝައިޚް ޝަމީމް މިހާރު ތ.އަތޮޅަށް ދަރުސް ދެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވިލުފުށީ ސްކޫލްގެ ދަރިވަރުންނަށް ނަޞީޙަތް ދެއްވުމުގެ އިތުރުން ރޭ ވިލުފުށީ ރައްޔިތުންނަށް ވަނީ ދަރުސެއް ދެއްވާފައެވެ. އަދި އިއްޔެ ހަވީރު ވިލުފުށީ ކައުންސިލަރުންނާއި އެރަށު ސްކޫލްގެ ޕްރިންސިޕަލް އާއި ވަނީ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...