ރާއްޖޭގެ ޚަބަރު ބައިބައިވުމަކީ ޑެންގީ ހުމަށްވުރެ ނުރައްކާތެރި ވަބާއެއް: ޝައިޚް އިލްޔާސް ޙުސައިން

ބައިބައިވުމަކީ ޑެންގީ ހުމަށްވުރެ ނުރައްކާތެރި ވަބާއެއް: ޝައިޚް އިލްޔާސް ޙުސައިން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

މުސްލިމުން ބައިބައިވުމަކީ ޑެންގީ ހުމަށްވުރެ ނުރައްކާތެރި ވަބާއެއް ކަމުގައި ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ އިއްޔެ މަސްޖިދު ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ގައި ހުކުރު ޚުޠުބާ ދެއްވަމުންނެވެ.

ޝައިޚް ވިދާޅުވީ މި މުޖްތަމަޢުގައި ޕާޓީ އަށާއި، ކުލައަށް ތަބާވުމުގެ ސަބަބުން ޢިޖްތިމާޢީ ފޭރާން ވީދިފައިވާ ކަމަށާއި ދުނިޔެމަތީގައި ލިބިދާނެ ފައިސާކޮޅަކަށްޓަކައި އަޚްވަންތަކަން ނަގާލަމުންދާ ކަމަށެވެ. އަދި މާއްދީ އުފަލަކަށްޓަކައި ޒާތީ ޙަސަދަވެރިކަން އިސްކުރަމުންދާ ކަމަށާއި، ބައިބައިވުމުގެ ސަބަބުން އާރާއި ބާރު ގެއްލިފައިވާ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ދެއްވި ޚުޠުބާގައި މުސްލިމުން އެއްބައިވަންތަވެ އަޚްވަންތަކަން ޤާއިމްކުރުމަށް ނަޞީޙަތްތެރިވެލެއްވިއެވެ.

ޝައިޚް އިލްޔާސް ޙުސައިންގެ ރަސްމީ ވެބްސައިޓް

ޓެގް

ޝައިޚް އިލްޔާސް ޙުސައިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.