ރާއްޖޭގެ ޚަބަރު ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް އިން މުޅިން އަލަށް ހަތަރު ކޯހެއް ފަށަނީ

ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް އިން މުޅިން އަލަށް ހަތަރު ކޯހެއް ފަށަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް އިން މިއަހަރުގެ ސެޕްޓެމްބަރ މަހުގައި މުޅިން އަލަށް ހަތަރު ކޯހެއް ފެށުމަށް ނިންމާ އެކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ފެކަލްޓީ އިން އަލަށް ފަށަނީ މާސްޓަރސް ފެންވަރުގެ ކޯހަކާއި، ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯހަކާއި، އެޑްވާންސް ސެޓްފިކެޓް ފެންވަރުގެ ކޯހަކާއި އަދި ސެޓްފިކެޓް ތްރީ ފެންވަރުގެ ކޯހެކެވެ.

މާސްޓަރ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް ކޯހަކީ ބެޗްލަރސް ޑިގްރީ ފެންވަރުގެ މީހުންނަށް ހިންގޭ 1 އަހަރާ 8 މަސް ދުވަހުގެ (5 ޓްރައިމެސްޓަރ) ކޯހެކެވެ. ބެޗްލަރ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް ކޯހަކީ 3 އަހަރު ދުވަހުގެ (9 ޓްރައިމެސްޓަރ) ކޯހެކެވެ. އެޑްވާންސް ސެޓްފިކެޓް އިން ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް ކޯހަކީ 1 އަހަރު ދުވަހުގެ (3 ޓްރައިމެސްޓަރ) ކޯހެކެވެ. އަދި ސެޓްފިކެޓް ތްރީ އިން ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް ކޯހުގެ މުއްދަތަކީ 5 މަސް ދުވަހެވެ.

ވިލާ ކޮލެޖުން މިހާރު ވަނީ ސެޕްޓެމްބަރ މަހުގައި ފަށާ މާސްޓަރސް ފެންވަރުގެ ޖުމްލަ 5 ކޯހަކަށް ފުރުޞަތު ހުޅުވާލާފައެވެ. އޭގެ ތެރޭގައި އަލަށް ތަޢާރަފްކޮށްފައިވާ މާސްޓަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ކޯސް ހިމެނެއެވެ. މީގެ އިތުރުން ބެޗްލަރސް ޑިގްރީ ފެންވަރުގެ 11 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 9 ކޯހަކާއި، އެޑްވާންސް ސެޓްފިކެޓް ފެންވަރުގެ 6 ކޯހަކާއި އެގްޒެކެޓިވް ސެޓްފިކެޓް ފެންވަރުގެ 3 ކޯހަކާއި އަދި ސެޓްފިކެޓް ތްރީ ފެންވަރުގެ 4 ކޯހެއް ވަނީ އިޢުލާންކޮށްފައެވެ. އޭގެ ތެރޭގައި ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒްގެ އިތުރުން ބިޒްނަސް، އެކައުންޓިންގ، ޓީޗިންގ އަދި އެޑިއުކޭޝަން، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފަތުރުވެރިކަމާ ގުޅޭ ދާއިރާ އަދި ފުޑް އެންޑް ބެވަރެޖްސް ދާއިރާގެ ކޯސްތައް ހިމެނެއެވެ.

މިކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިއަންނަ އޯގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ. ވިލާ ކޮލެޖުން މަޢުލޫމާތު ދެއްވާ ގޮތުގައި މިކޯސްތަކުގެ ކިޔެވުން ފެށޭނީ 3 ސެޕްޓެމްބަރ 2011 ގައެވެ.

މިކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު ވިލާ ކޮލެޖްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

17 އޮކްޓޯބަރ 2007 ގައި ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކޮލެޖްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގައި ރެޖިސްޓްރީ ކުރެވި ހުއްދަލިބިގެން ހިންގަމުންދާ ވިލާ ކޮލެޖްގައި މިހާރު ގާތްގަނޑަކަށް 1200 އަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމް ޙާޞިލްކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ ކޮލެޖްގައި 5 ފެކަލްޓީ އާއި 1  ޕްރޮފެޝަނަލް ސްޓަޑީޒް ސެންޓަރ ވަނީ މިހާރު ޤާއިމްކުރެވިފައެވެ. އެއީ މާލޭގައި ހުންނަ ވިލާ ކޮލެޖްގެ ކިއު.އައި ކެމްޕަހުގައި ހިންގަމުންދާ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް، ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ފެކަލްޓީ އޮފް ކޮމްޕިއުޓިންގ އެންޑް ބިޒްނަސް މެނޭޖްމަންޓް އަދި ސެންޓަރ ފޯރ ޕްރޮފެޝަނަލް ސްޓަޑީޒް ގެ އިތުރުން ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ހިންގަމުންދާ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ މެނޭޖްމަންޓް އެންޑް ޓޫރިޒަމް ސްޓަޑީޒް އަދި ފެކަލްޓީ އޮފް މެރިން ސްޓަޑީޒް އެންޑް ވޯޓަރ ސްޕޯޓްސް އެވެ.

ޓެގް

ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް މަތީ ތަޢުލީމް ވިލާ ކޮލެޖް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.