ދަރުސް ޚަބަރު މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ އުސްތާޛް ޝައިޚް ޙުސައިން ބިން ޝަރީފްގެ ޚާއްޞަ ދަރުސެއް މިރޭ އިސްލާމީ މަރުކަޒްގައި

މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ އުސްތާޛް ޝައިޚް ޙުސައިން ބިން ޝަރީފްގެ ޚާއްޞަ ދަރުސެއް މިރޭ އިސްލާމީ މަރުކަޒްގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

މިރޭ އިސްލާމީ މަރުކަޒްގައި ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީ އިން މަޢުލޫމާތު ދެއްވާ ގޮތުގައި މިދަރުސް އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އެވެ. މި ދަރުސް ދެއްވާނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ އުސްތާޛެއް ކަމަށްވާ ފަޟީލަތުއްޝައިޚް ޙުސައިން ބިން ޝަރީފް އަލްއަބްދަލީ އެވެ.

މިދަރުސަށް ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ. ކުރިން އިސްލާމީ މަރުކަޒްގައި މިރޭ ބޭއްވުމަށް ތާވަލްކޮށްފައިވާ ޝައިޚް އުޘްމާން ޢަބްދުﷲ ގެ ދަރުސްގެ ބަދަލުގައި އޮންނާނީ މިދަރުސް އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.