ވިލިމާލޭގެ ޖަމްޢިއްޔާ އެއް ކަމަށްވާ ޕީސް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން މިއަންނަ ޖުލައި 1 ވާ ހުކުރު ދުވަހުގެ ރޭ ޝައިޚް އަޙްމަދު ސަމީރުގެ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެ ޖަމްޢިއްޔާ އިން މަޢުލޫމާތު ދެއްވާ ގޮތުގައި މިދަރުސް އޮންނާނީ އެރޭ 20:45 ގައި ވިލިމާލޭ ސްޓޭޑިއަމްގައެވެ. ޝައިޚް ސަމީރު ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އިންސާނީ ކަރާމާތް" މިމައުޟޫއަށެވެ.
މިދަރުސް ރޭޑިއޯ އެޓޯލް 96 އެފް.އެމް އިން އިންޝާﷲ ލައިވްކުރާނެ ކަމަށް ޖަމްޢިއްޔާގެ އޮފިޝަލަކު ވިދާޅުވިއެވެ.
މިދަރުސް އަޑުއެހުމަށްޓަކައި ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް އެޖަމްޢިއްޔާއިން ދަޢުވަތު އަރުވައެވެ.
މިދަރުސް އިޝްތިހާރު ކުރުމުގެ މަސައްކަތް މިހާރު އެޖަމްޢިއްޔާއިން ދަނީ ކުރަމުންނެވެ. އެގޮތުން ދަރުސް އިޝްތިހާރު ކުރުމަށްޓަކައި މާލޭގެ މަގުތަކުގައި ބެނަރތައް ދަމާފައިވަނިކޮށް މިދިޔަ ހޮނިހިރު މާލޭ ސިޓީ ކައުންސިލުން ވަނީ ނަގާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...