'ޔަހޫދީންގެ އަމާންކަމަށް އޮތް ކޮންމެ ނުރައްކަލަކީ މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް' ކަމަށް ސިމޯން ޕެރޭޒް މުޅި ދުނިޔެއަށް އިންޒާރުދީފިއެވެ.
ސިމޯން ޕެރޭޒް އިތުރަށް ބުނެފައުވަނީ 'އިޒްރޭލުގެ ނަން ފޮހެލުމަށް އިރާނުން އިންޒާރުތައް ދޭކަމަށާއި މިއިންޒާރުތަށް ލުއިކޮށް ނަގައިގެން ނުވާނެކަމަށާއި އިރާނުންވެސް އިޒްރޭލުގެ ބާރު ކުޑަކަމަށް ދެކިގެން ނުވާނެ'ކަމަށެވެ. އަދި 'އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިފިނަމަ އީރާނަށް ހަމަލާދޭނެކަމަށްވެސް' އޭނާ ވަނީ އިންޒާރުދީފައެވެ.
އިޒްރޭލުން އީރާންގެ ނިއުކްލިއާރ ޕްރޮގްރާމާއި މެދު ކަންބޮޑުވުން މިހާބޮޑުވެފައިމިވަނީ އިރާނުގައި އިޒްރޭލަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާތީއެވެ. އަދި ނިއުކްލިއާ ހަތިޔާރު އިރާނަށް ލިބިއްޖެނަމަ އޭގެ ފުރަތަމަ 'ހަމަލާ' އަމާޒުވާނީ އިޒްރޭލަށްކަން އެމީހުންނަށް އެނގޭތީޢެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...