ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީ އާއި ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެއްބާރުލުމާއެކު ހިންގުމަށް ހަމަޖެހިފައިވާ އިސްލާމީ ޘަޤާފަތާއި ޢަރަބި ބަސް ދަސްކޮށްދޭ ކުރުމުއްދަތުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން މަޢުލޫމާތު ދެއްވާ ގޮތުގައި މި ކޯސް އޮންނާނީ 27 ޖޫން 2011 ން 14 ޖުލައި 2011 ށް ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގައެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 ޖޫން 2011 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ނަމްބަރ 3330580 ފޯނާއި ގުޅާ ނަން ނޯޓް ކުރުމަށް އެ މިނިސްޓްރީ އިން އެދިލައްވައެވެ. އަދި އެ ތާރީޚްގެ ފަހުން ނަންތައް ބަލައިނުގަނެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
މިއީ ދެ ޖިންސުގެ ޒުވާނުންނަށް ޢަމާޒުކޮށްގެން ހިންގޭ ކޯހެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކޯހުގައި ކިޔަވައި ދެއްވާނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ އުސްތާޛުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...