ރާއްޖޭގެ ޚަބަރު އެއްވެސްބަޔަކު މާތްވެގެންވާ އިސްލާމް ދީނާއި ކުޅެލުމުގެ ފުރުސަތު ނުދޭނަން - ޝެއިހް އިލްޔާސް

އެއްވެސްބަޔަކު މާތްވެގެންވާ އިސްލާމް ދީނާއި ކުޅެލުމުގެ ފުރުސަތު ނުދޭނަން - ޝެއިހް އިލްޔާސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

'އެއްވެސް ބަޔަކު މާތްވެގެންވާ އިސްލާމް ދީނާއި ކުޅެލުމުގެ ފުރުޞަތު ނުދޭނެކަމަށް' ޢަދާލަތުޕާޓީގެ ޢިލުމްވެރިންގެ މަޖިލީހުގެ ނައިބުރައިސް ފަލީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިހެންވިދާޅުވީ ޢަދާލަތު ޕާޓީގެ ފަރާތުން ރާއްޖެގެ އަތޮޅުތަކަށް ކުރާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން، މިދިޔަ ހަފުތާގައި ބޮޑު ތިލަދުންމަތި ހިމެނޭ ހއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރި ދަތުރުގައި ވާހަކަދައްކަވަމުންނެވެ. އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވީ މިސަރުކާރު ގެނައުމުގައި ޢަދާލަތު ޕާޓީއިން ވަނީ ވަރަށް އިސް ދައުރެއް އަދާ ކޮށްފައިކަމަށާއި ދިވެހި ރައްޔިތުން މުޙަންމަދު ނަޝީދު އާއި ވެރިކަން ޙަވާލު ކުރީ ޢަދާލަތު ޕާޓީ ވެސް ކޯލިޝަން ގައި ހިމެނޭތީއާއި، ދީނީ ކަންތައް ރަގަޅުމަގުން ބަލަހައްޓަމުން ގެންދިއުމުގެ މުހިންމު މަސްއޫލިއްޔަތު ޢަދާލަތު ޕާޓީއާއި ޖާމިނު ކޮށްފައިކަމަށެވެ. ނަމަވެސް މި ބޮޑު ޙަގީގަތް މިހާރު ސަރުކާރު ހިންގަވަން ތިއްބެވި އިސް ބޭފުޅުން ހަނދާން ނެތިއްޖެ ކަމުގެ ހެކިތައް ފެންނަން ފަށައިފި ކަމުގައި  ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ދީނީ ކަންތައް ކުރިއަށް ގެންދިއުމަށް ލިބެންޖެހޭ އެއްބާރު ލުން ނުލިބޭ ކަމަށާއި، ދީނަށް އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތި ކުރަން ފަށައިފި ކަމަށާއި، ބަޔަކު ހިތުހުރިގޮތަކަށް ދީނުގެ ކަންތަކަށް ފުރައްސާރަ ކުރަމުންގެންދާ ނަމަ ޢަދާލަތު ޕާޓީއިން ހިމޭނުން ނޯންނާނޭ ކަމަށާއި، މުސްލިމުންނަށް ދީނާއި ސިޔާސަތަކީ އެކައްޗެއް ކަމަށާއި، އެދޭތި ވަކިކުރުމުގެ ވާހަކަ އެދައްކަނީ ޔަހޫދީންގެ ފަލްސަފާޔަށް ތަބާވާ ބަޔަކު ކަމަށް ޢަދާލަތު ޕާޓީގެ ޢިލުމުވެރިންގެ މަޖިލީހުގެ ނައިބުރައިސް ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވިއެވެ.

އަޅުގަނޑުމެން ފުރަތަމަ ބަލާނީ ސުލްޙަވެރި ގޮތުގައި ވާހަކަދައްކައިގެން މިމަސްއަލަތައް ޙައްލު ކުރެއްވުމަށް ކަމަށާއި ނަމަވެސް އިސްލާޙު ނުވެއްޖެނަމަ ކުރީގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރި ފަދައިން މިސަރުކާރާއިދެކޮޅަށްވެސް މަސައްކަތް ކުރަން ޖެހިދާނެ ކަމުގައި ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވިއެވެ.

މިސަރުކާރުގެ އިސްވެރިން ދީނީ ކަންތައްތަކަށް ފާޅުގައި ފާޑު ކިޔަންފެށުމުން، ޢަދާލަތު ޕާޓީއިންވަނީ ސަރުކާރާއިމެދު ކުރިން މުޢަމަލާތްކުރަމުން އައިގޮތް މިފަހަކަށް އައިސް ބަދަލުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ޓެގް

ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.