
ޝައިޚް އާދަމް ޝަމީމް އަދި މިއަދު ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ރިސޯޓްގެ މަންޒަރުތަކެއް / ލިޔުނީ : ޙަސަން ޝިޔާޒް
ޝައިޚް އާދަމް ޝަމީމް ހއ، ހދ. އަދި ށ.އަތޮޅަށް ދަރުސް ދެއްވުމަށްޓަކައި ޖޫން 12 ން 20 ށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހއ. އަތޮޅުގެ "ބީޗް ހައުސް މޯލްޑިވްސް އަ ވަލްޑޯފް އެސްޓޯރިއާ ރިސޯޓް"
(Beach House Maldives, A Waldorf Astoria Resort) ގައި ޚާއްޞަ ދަރުސެއް ދެއްވުމަށް ހަމަޖެހިއްޖެއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ޝައިޚް ޝަމީމް އެރިސޯޓްގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ދެއްވާ ދަރުސް އާއި ސުވާލާއި ޖަވާބު ސެޝަން އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އެވެ.
މި ދަރުސް އިންތިޒާމްކުރަނީ އެ ރިސޯޓްގެ ސްޓާފް އެކްސެލެންސް ކޮމިޓީގެ ފަރާތުންނެވެ.
ޝައިޚް ޝަމީމް ވަނީ ރޭ ހއ.ދިއްދޫ ގައި އަދި މިދިޔަ ބުދަ ދުވަހުގެ ރޭ ށ.ބިލެތްފަހީ ގައި ޚާއްޞަ ދަރުސެއް ދެއްވާފައެވެ. މިދިޔަ އަންގާރަ ދުވަހު ހަވީރު ށ.ކަނޑިތީމްގައި ހުންނަ ށ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޚާއްޞަކޮށް ދަރުސް ދެއްވުމުގެ އިތުރުން އެރޭ އެރަށު ރައްޔިތުންނަށް ޚާއްޞަ ދަރުސެއް ދެއްވާފައެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ހދ.ކުޅުދުއްފުށީ ގައި އަދި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހދ.ހަނިމާދޫގައި ވެސް ވަނީ ޝައިޚް ޝަމީމްގެ ދަރުސް ބާއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...