ޝައިޚް އާދަމް ޝަމީމް ހއ، ހދ. އަދި ށ.އަތޮޅަށް ދަރުސް ދެއްވުމަށްޓަކައި ޖޫން 12 ން 20 ށް ކުރައްވާ ދަތުރުފުޅުގައި މިރޭ ހއ.ދިއްދޫ ގައި ޚާއްޞަ ދަރުސެއް ދެއްވުމަށް ހަމަޖެހިއްޖެއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި "އަޤީދާ" މިމައުޟޫއަށް ޝައިޚް ޝަމީމް ދެއްވާ ދަރުސް އޮންނާނީ މިރޭ 21:00 ގައި އެރަށު ސްކޫލް ހޯލުގައެވެ. މީގެ އިތުރުން މިއަދު އަސްރު ނަމާދަށް ފަހު ސުވާލާއި ޖަވާބު ސެޝަނެއް ވެސް އެރަށުގެ ހުކުރު މިސްކިތުގައި އޮންނާނެއެވެ.
މި ދަރުސް އިންތިޒާމްކުރަނީ ދިއްދޫގެ ޒުވާނުން ގުޅިގެންނެވެ.
ޝައިޚް ޝަމީމް ވަނީ ރޭ ށ.ބިލެތްފަހީ ގައި ޚާއްޞަ ދަރުސެއް ދެއްވާފައެވެ. މިދިޔަ އަންގާރަ ދުވަހު ހަވީރު ށ.ކަނޑިތީމްގައި ހުންނަ ށ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޚާއްޞަކޮށް ދަރުސް ދެއްވުމުގެ އިތުރުން އެރޭ އެރަށު ރައްޔިތުންނަށް ޚާއްޞަ ދަރުސެއް ދެއްވާފައެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ހދ.ކުޅުދުއްފުށީ ގައި އަދި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހދ.ހަނިމާދޫގައި ވަނީ ބާއްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...