ރާއްޖޭގެ ޚަބަރު ޖަމިޢްޔަތުލް އަޚަވަތު އަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފި!

ޖަމިޢްޔަތުލް އަޚަވަތު އަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ޖަމިޢްޔަތުލް އަޚަވަތު އަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

ޖަމިޢްޔަތުލް އަޚަވަތުގެ ފަރާތުން ހާމަކުރައްވާގޮތުގައި 'މެމްބާރޝިޕް ފޯމް ޖަމިއްޔާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށާއި ފޯމް ފުރުއްވާފައި ޖަމިއްޔާގެ އޮފީހަށް ހުށައެޅުއްވުމުން މެމްބާރޝިޕްގެ ކަންތައް ކުރިއަށްދާނެ' ކަމަށެވެ.

އަންހެން ބޭކަނބަލުން ހާއްސަކޮށް އުފައްދާފައިވާ މިޖަމިއްޔާގެ މަޤްސަދުގެތެރޭގައި ‘އުޚްތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ އަޤީދާ ހިތްތަކުގައި އަށަގަންނުވަން އެންމެ ރަނގަޅު ވަގުތަކީ ކުއްޖާގެ ޅަދުވަސްވަރު ކަމަށްވާތީ، މިކަމުގައި އެންމެ އިސްރޯލެއް އަދާކުރެވޭނީ މަންމައިންނަށް ކަމަށްވާއިރު، އެކަމަށް މަގުފަހިވާނެ ގޮތްތައް އަންގައިދީ އެކަމަށް މަސައްކަތް ކޮށް، ދީނަށް ލޯބިކުރާ، ރަގަޅު ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި އިތުރަށް ދީނުގެ ތަރަހައިގެ ތެރޭގައި އަންހެނުން، މުޖުތަމަޢު އަދި އިޤްތިޞާދު ވެސް އިޞްލާޙްކޮށް ބިނާކުރުމަށް މަސައްކަތްކުރުން.’ ހިމެނެއެވެ.

ޖަމިޢްޔަތުލް އަޚަވަތުގެ ފަރާތުން ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ތައްތާރުވަމުން އަންނަކަމަށް އެޖަމިއްޔާއިން ހާމަކުރައްވައެވެ. ޖަމިއްޔާ ހިންގުމުގައި މެމްބަރުން އިތުރުކުރުމާއި މެމްބަރުން އެކްޓިވްވުމުގެ މުހިންމުކަންވެސް ޖަމިޢްޔަތުލް އަޚަވަތުގެ ފަރާތުން ފާހަގަކުރައްވައެވެ.

ޖަމިއްޔާއަށް ވަނުމުގެ ފޯރމާއި ޖަމިއްޔާގެ އެހެނިހެން މައުޟޫމާތު ހޯއްދެވުމަށް ޖަމިޢްޔަތުލް އަޚަވަތުގެ 'ވެބްސައިޓަށް' ޒިޔާރަތްކުރައްވާށެވެ.

ޖަމިޢްޔަތުލް އަޚަވަތު އަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފި!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.