ޖަމްޢިއްޔަތުލް އަޚަވާތުގެ ފަރާތުން އިންތިޒާމްކޮށްގެން އަންހެން ބޭފުޅުންނަށް ޚާއްޞަ ދަރުސެއް މިއަދު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެޖަމްޢިއްޔާ އިން ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި "މުޖްތަމަޢުގެ މުތްތައް" މިމައުޟޫއަށް އައްޝައިޚް މުޙައްމަދު މޫސާ ދެއްވާ ދަރުސް އޮންނާނީ މިއަދު ހަވީރު 16:30 ގައި މަޖީދިއްޔާ ސްކޫލް ހޯލުގައެވެ.
މިދަރުސް އަޑުއެހުމަށްޓަކައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ވަޑައިގެންނެވުމަށް ޖަމްޢިއްޔަތުލް އަޚަވާތުން ދަޢުވަތު އަރުވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...