ދަރުސް ޚަބަރު އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫ ގައި ޝައިޚް އިލްޔާސްގެ ޚާއްޞަ ދަރުސެއް

އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫ ގައި ޝައިޚް އިލްޔާސްގެ ޚާއްޞަ ދަރުސެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫ ގައި ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޝައިޚް އިލްޔާސްގެ ރަސްމީ ވެބްސައިޓް ގައި ހާމަކޮށްފައިވާ ގޮތުގައި "އިލާހީ ރަޙްމަތުން މަޙުރޫމްވުމުގެ ސަބަބު" މި މައުޟޫޢަށް 3 ޖޫން 2011 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ހިތަދޫގައި ބާއްވާ ދަރުސް އޮންނާނީ އެރަށު ނޫރާނީ ސްކޫލްގެ ގޯތި ތެރޭގައެވެ. މިދަރުސް އިންތިޒާމް ކުރަނީ ހިތަދޫ ދެކުނު ދާއިރާގެ ޖަމްޢިއްޔާއަކާއި ހިތަދޫ އަދާލަތު ޕާޓީގެ ގޮފީގެ ފަރާތުންނެވެ.

ހަމަ އެ މައުޟޫޢަށް ހުޅުމީދޫގައި ޝައިޚް އިލްޔާސް ޙުސައިން ދެއްވާ ޚާއްޞަ ދަރުސް އޮންނާނީ 4 ޖޫން 2011 ވާ ހޮނިހިރު ދުވަހުގެ ރޭ ޢިޝާ ނަމާދަށްފަހު މީދޫ އިޖްތިމާޢީ މަރުކަޒްގައެވެ. މިދަރުސް އިންތިޒާމް ކުރަނީ ޢަދާލަތު ޕާޓީގެ މީދޫ ގޮފީގެ ފަރާތުން ކަމަށް މަޢުލޫމާތު ލިބެއެވެ.

ޓެގް

ޝައިޚް އިލްޔާސް، ދަރުސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.