"ހޭލާށޭ ޒުވާނުންގެ ނަމުގައި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވުސް އާއި ފްޓް ބޯލް އެސޯސިއޭޝަންއާއި ގުޅިގެން ޤައުމީ ޒުވާން ފުޓުބޯޅަ ޓިމުގެތަކުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވި އައްޝައިޚް އިބްރާހީފް ފަރީދު އަޙްމަދުގެ ދަރުސް އަޑުއެހުމަށް ގިނަ އަދަދެއްގެ ކުޅުންތެރިން ހާޒިރުވެއްޖެ އެވެ.
ސޯޝަލް ސެންޓަރ ސެމިނަރ ރޫމް ގައި ރޭ 8.45 އިން 10.15 އަށް ކުރިއަށްގެންދިޔަ މި ދަރުހަކީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން އިންތިޒާމްކުރި ދަރުހެކެވެ. މިއީ އެފްއޭއެމް ވައިޑީޕީ މޯރަލް އެޑިއުކޭޝަން ޕްރޮގްރާމްގެ ދަށުން ބޭއްވި ދަރުހެކެވެ.
މިދަރުސްގައި ޝައިޚް ފަރީދު އަލިއަޅުވާލެއްވި ކަންތައްތަކުގެ ތެރޭގައި ދުނިޔޭގެ ހަޔާތް، މަރުގެ ސަކަރާތް، ކަށްވަޅުގެ ޢަޛާބް، ޤިޔާމަތް ދުވަސް، މަހުޝަރުގެ މައިދާން، ހިސާބު ބެއްލެވުން، ނަރަކަ އަދި ސުވަރުގެ އެވެ.
ދަރުހަށްފަހު އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ މައުރޫފް އަޙްމަދު (މާއްޓޭ) ޝައިޚް ފަރީދު ދެއްވި އިބްރަތްތެރި ދަރުހަށް ޝުކުރު އަދާކުރެއްވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...