އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި އިންތިޒާމްކުރި "ދައުވާ އިސްލާމިއްޔާ އެޓް ކޮލަންބޯ 2011" ގެ ޑީވީޑީ ނިކުމެއްޖެ އެވެ.
މި ޑީވީޑީގައި އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އާއި އައްޝައިޚް އިއްޒައްދީނ
ް އަދުނާނުގެ ދަރުސް ހިމެނިފައިވާނެ އެވެ. ޝައިޚް ފަރީދު ދަރުސް ދެއްވާފައިވަނީ "މަރުގެ ސަކަރާތުގައި" މި މައުޟޫއަށެވެ. ޝައިޚް އިއްޒައްދީން ދަރުސްދެއްވާފައިވަނީ "އަދިވެސް ފުރުޞަތު އެބައޮތް" މިމައުޟޫއަށެވެ.
މި އިވެންޓްގެ ޑީވީޑީއެއްގެ އަގަކީ 50 ރުފިޔާ އެވެ. ޑީވީޑީ ލިބިވަޑައިގަންނަވަނީ އަބާޔާ އިންނެވެ.
"ދައުވާ އިސްލާމިއްޔާ އެޓް ކޮލަންބޯ 2011" ބާއްވާފައިވަނީ 22 މޭ 2011 ގައި ޝަޚްރާން ބެންކުއެޓް ހޯލް (ނަމްބަރ 56 ހޮސްޕިޓަލް ރޯޑް، ދެހިވަލަ) ގައެވެ. މި އިވެންޓަށް ސްރީލަންކާގެ އެކި ހިސާބުތަކުން އެތައްސަތޭކަ ދިވެހިން ހާޒިރުވެފައިވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...